
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ރ. އަތޮޅާއި ބ. އަތޮޅުގައި އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް ފެށިގެން ދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރ. އުނގޫފާރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކީ ރާއްޖޭގެ ތަރައްގީއާއި އަތޮޅުތަކުގެ ތަރައްގީއާ ވަރަށް ބޮަޑަށް ގުޅިފައި އޮންނަ ކަމެއް ކަމަށެވެ. އެގޮތުން އާރުޓީއެލްގެ ޚިދުމަތް އަދިވެސް ބައެއް އަތޮޅުތަކުގައި ނުދެވޭ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އާރުޓީއެލްގެ ޚިދުމަތް ނުދެވޭ ހުރިހާ ހިސާބަކަށް އެ ޚިދުމަތް ފުޅާކޮށް ހުރިހާ ރަށަކަށް އެ ޚިދުމަތް ލިބޭ ގޮތް ހެދުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.
އެގޮތުން، އެ ޚިދުމަތް ދެން އެންމެ އަވަހަށް ފަށާނީ ރ. އަތޮޅުގައި ކަމަށާއި އެއަށްފަހު ބ. އަތޮޅުގައި އެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ރ. އަތޮޅުގައ އާރުޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް ފަށާނީ އަންނަ ޖޫން މަސް ތެރޭގައެވެ. ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައިވެސް އެ ޚިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ކަނޑައަޅާފަ އޮންނާނެ މިއަހަރު ނިމުމުގެ ކުރިން މިގޮތަށް ޚިދުމަތް ނުދެވި ހުރި ހުރިހާ އަތޮޅެއް އިރާދަކުރެއްވިއްޔާ އާރުޓީއެލްގެ ޚިދުމަތް އަޅުގަނޑުމެން ފަށާނަމޭ. އެގޮތުން އެންމެ އަވަހަށް މިޚިދުމަތް ގާއިމް ވެގެންދާނެ އަތޮޅަކީ މިއަތޮޅުކަން (ރ. އަތޮޅުކަން) އަޅުގަނޑު ދަންނަވާލަން. މިއަތޮޅުގަ ޖޫން މަހުގަ. ބ. އަތޮޅުގަ ޖުލައި މަހުގަ” ރައީސް ވިދާޅުވިއެވެ.
އާރުޓީއެލް އަކީ ރައްޔިތުންނަށް ހެޔޮ އަގުގައި ފަސޭހަކަމާއެކު ދަތުރުފަތުރުކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ މެދުވެރިކޮށް ސަބްސިޑައިޒްކޮށްގެން ސަރުކާރުން ދެމުން އަންނަ ހައިސްޕީޑް ފެރީގެ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން ދެކުނުގެ ހަތަރު އަތޮޅު (ގއ، ގދ، ޏ، ސ.) ވަނީ ގުޅާލާފައެވެ. އަދި އުތުރުގެ ހަތަރު އަތޮޅު ކަމުގައިވާ (ހއ، ހދ، ށ. ނ) ގައިވެސް މި ޚިދުމަތް ވަނީ ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
