
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެމަނިކުފާނުގެ ވިސްނުންފުޅާއި ވައުދުފުޅާ އެއް ގޮތަށް ރ. އުނގޫފާރު، އާބަން ސެންޓަރަކުން ލިބޭ ހުރިހާ ޚިދުމަތެއް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މިއަހަރާއި ކުރިއަށް އޮތް އަހަރުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުނގޫފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އުނގޫފާރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފަށާފައިވާ ކަމަށެވެ. އެގޮތުން އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށި ނަމަވެސް ދިމާވި އެކި މައްސަލަތަކާ ގުޅިގެން އެމަސައްކަތް ކުރިއަށް ނުގެންދެވި އޮތުމުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ އުނގޫފާރުގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، އެކަމާއެކު ބިން ހިއްކުމުގެ މަސައްކަތްވެސް ފެއްޓިގެންދާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އާބަސް ސެންޓަރެއްގެ ގޮތުގައި އުނގޫފާރު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ދަށުން، އެމަނިކުފާނުގެ ދައުރުގެ ތެރޭގައި އެރަށުގައި 500 ހައުސިން ޔުނިޓު އެޅުމުގެ ޕްރޮޖެކްޓެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
“އެކަމަށް ބޭނުންވާ ބިމާއި، އެކަމަށް ބޭނުންވާ ފަންނީ މަސައްކަތްތައް ކައުންސިލާއި ކަމާ ބެހޭ ވުޒާރާތަކާއެކުގަ ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން މަސައްކަތްތައް ފަށާނަން” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ހައުސިން ޔުނިޓުތަކަކީ އެރަށާއި، އެރަށަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ އިތުރުން އެރަށަށް ހިޖުރަ ކުރާ ފަރާތްތަކަށް، ކަނޑައެޅޭ ސިޔާސަތުތަކެއް ތެރެއިން ދޫކުރުމަށް ހަމެޖެހިފައިވާ ތަންތަން ކަމަށެވެ. ރައީސް ވިދާޅުވީ އެއީ އުނގޫފާރުގެ ތަރައްގީއަށް “މުހިއްމު ކަމަކަށް ވާނެ” ކަމެއް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ތައުލީމީ ދާއިރާގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވަމުން ރައީސް ވިދާޅުވީ އުނގޫފާރު ސްކޫލަށް 16 ކްލާސް ރޫމް އިތުރުކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި، އެކަން ކުރުމަށް ސްކޫލުގެ ޖާގައިގެ ދަތިކަން ހުރުމުން ދަތިތަކެއް އެބަހުރި ކަމަށެވެ.
“އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް މިރަށުގަ ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. މިހާރު ފެށިފަވާ މަޝްރޫއު ނިމުނަށް 8 ކްލާސްރޫމަކުން އެކަމެއް ނުއެއް ވާނެ. އަޅުގަނޑު ދަންނަވާފަ ވާނެ މިއަދުގެ މަޝްވަރާ ބައްދަލުވުމުގަ. އެޑިއުކޭޝަން މިނިސްޓްރީއާއެކީގަ ސްކޫލުން މަޝްވަރާތައްކޮށް ސްކޫލުގެ ގޯތީގެ ތެރޭގަ އިތުރު އިމާރާތް އެޅޭނެ ގޮތެއް ކަނޑައަޅައި އެއްބަސްވެލެއްވުމަށް” ރައީސް ވިދާޅުވިއެވެ.
އެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެރަށުގައި އެއް ދަންފަޅިއަށް ކިޔަވައިދެވޭ ގޮތަށް ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި، އާބަސް ސެންޓަރެއްގެ ގޮތުގައި ކަނޑައެޅޭ ރަށްރަށުގެ ސްކޫލުތަކުގައި ހުންނަން ޖެހޭ ހުރިހާ ވަސީލަތެއް މިދައުރުގެ ތެރޭގައި ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އުނގޫފާރުގެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެ ހޮސްޕިޓަލުގައި ޚާއްސަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންނާއި ވަސީލަތްތައް (އެކި ބަލިތައް ހިމެނޭހެން) އިތުރުކުރައްވާނެ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“މިއަހަރު ބައެއް ޚިދުމަތްތައް، އަންނަ އަހަރު ބައެއް ޚިދުމަތްތައް، ދެން އަންނަ އަހަރު ބައެެއް ޚިދުމަތްތައް ފުރިހަމަ ވެގެންދާނެ އެކި ބަލިތަކަށް. އެއްކޮށް ނިމި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގަ މި މަަސައްކަތްތައް ނިމިގެން ދާއިރުގަ ޓާޝަރީ ހޮސްޕިޓަލެއްގައި ހުންނަން ޖެހޭ ފެންވަރަށް ތަރައްގީވެފައިވާ ޓާޝަރީ ހޮސްޕިޓަލެއް މިރަށުގައި ހުންނާނެ،” ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން އެރަށުގައު ކުރިއަށް ގެންދަން ރާވާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އުނގޫފާރުގައި ފީފާ ސްޓޭންޑަޑުގެ ފުޓުބޯޅަ ދަނޑެއް ގާއިމްކޮށްދެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި އެކަމުގެ މަޝްވަރާތައް، ރަށު ކައުންސިލާއި ކުޅިވަރާ ބެހޭ ވަޒީރާއެކު މިއަދު ކުރިއަށް ދިޔަ ކަމަށެވެ. އަދި އެފަދަ ދަނޑެއް އެރަށުގައި އަޅައިދެއްވާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ. އެ ދަނޑުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން އެރަށުގައި ފުރިހަމަކޮށްދޭން ވައުދުވި ހުރިހާ ވަސީލަތެއް އެރަށުގައި ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އުނގޫފާރު ރައްޔިތުންނަށް އަރުވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
