
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރ. އުނގޫފާރުގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް މިރޭ އިފްތިތާހުކޮށްފިއެވެ. އެރަށުގައި މި ދެ ޚިދުމަތް އިފްތިތާހުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އުނގޫފާރުގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު، އަލީ އިހުސާނެވެ.
މިނިސްޓަރ ވަނީ އެ ޚިދުމަތް އިފްތިތާހުކޮށްދެއްވުމުގެ ގޮތުން އެ ރަށުގައި ފުރަތަމަ ޕްރިންޓް ކުރި އައިޑީކާޑު އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ. އަދި އެރަށުގެ އިމިގްރޭޝަނުން ދޫކުރި ފުރަތަމަ ޕާސްޕޯޓުވެސް މިނިސްޓަރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްދެއްވާފައެވެ. މާލެއިން އެކަނި ލިބޭ އައިޑީކާޑުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް ޑރ. މުއިއްޒު ވައުދުފުޅެކެވެ.
ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަަމަޖެއްސީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ހިދުމަތް މިއަހަރު ތައާރަފްކޮށްފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ މަޝްރޫއު ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި
(ފޮޓޯ ކްރެޑިޓްސް: މީހާރު) އައްޑޫސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 26 މެގަވޮޓްގެ އައު އިންޖީނުގެއެއް ބޭލުމުގެ މަޝްރޫއު ފެނަކަ ކޯޕަރޭޝަނުން ދުބާއީގެ...
އެމްޑީޕީގެ އައްޑޫގެ އިސްބަޔަކު ޕީއެންސީއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) އައްޑޫގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރެއްވި ބަޔަކު ސަރުކާރު ހިންގާ ޕީއެންސީއާ ރޭ ގުޅިއްޖެއެވެ. މީގެ ތެރޭގައި އެމްޑީޕީ އައްޑޫގެ...
ހަކުރު ސަބްސިޑީ ކަނޑާލާކަށް ނޫޅެން: ރައީސް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރާއްޖޭގައި ޝީޝާ މަނާކުރުމާއި، ހަކުރުން ޓެކްސް ނެގުމުގެ އިތުރުން ހަކުރުގެ ސަބްސިޑީ ކަނޑާލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް...
އީޖާދީ ވިސްނުންތައް އުފަންކުރުމަށް އަފީފު ދީދީގެ ނަމުގައި އައްޑޫގައި މަރުކަޒެއް ހެދުމުގެ ވިސްނުން
ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" މެނިފެސްޓޯގައިވާ ގޮތުން، އައްޑޫ ސިޓީގައި އަބްދުﷲ އަފީފުގެ ނަމުގައި ގައުމީ ފެންވަރުގެ އީޖާދީ މަރުކަޒަކާއި ސުވަދީބު ދާރުލް އާސާރު...
ސަރުކާރާ އެއް ވިސްނުމެއްގެ ކައުންސިލެއް އައްޑޫގައި ނެތް ނަމަ ތަރައްގީއަށް ހުރަސްއަޅާނެ: ރައީސް
(ފޮޓޯ ކްރެޑިޓްސް: މިހާރު) އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން ރާވާފައިވާ މަޝްރޫއުތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސަރުކާރާ އެއް ވިސްނުމެއްގެ ކައުންސިލެއް އޮތުން މުހިންމު...
އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) އަންހެނުންގެ ތަރައްޤީއާއި ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ....
