
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ ވަސީލަތްތައް ބަހައްޓަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ 11 ރަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހަވީރު ރ. އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ދައުރުގެ ތެރޭގައި އަޅާނުލެވި އޮތް ދެ ދާއިރާއަކީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ ކަމަށެވެ.
އެހެންވެ، މި އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދޭ އެއް ކަމަކީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ ރަނގަޅު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުތަކުގައި ހުންނަ އިކުއިޕްމެންޓްތައް ނުހުއްޓި ހިންގޭނެ ގޮތަށް ކަންތައްތައް ރޭވުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ އިކުއިޕްމެންޓުތައް ނުހުއްޓި ހިންގުމަށް ބޭނުންވާ ރީއެޖެންޓާއި އެހެން ވަސީލަތްތައް ވެސް ހުސްނުވެ ބަރާބަރަށް ލިބޭނެ ގޮތަށް ރާވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެންމެ ކޮލިޓީ ބޭސް ބަލްކުކޮށް ގަނެގެން ގެނެސް އަގުހެޔޮކޮށް އާއްމުންނަށް ލިބޭ ގޮތް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތް ފާހަގަކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހަމައެގޮތަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ހުންނަ ވަސީލަތްތަކަކީ ވެސް ދުނިޔޭގެ އެންމެ ރަނގަޅު ބްރޭންޑުތަކުގެ ވަސީލަތްތަކަށް ހެދުމަށް ނިންމަވާފައިވާ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އެއީ ވެސް ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެކީގައި ގިނަ އަދަދެއްގެ ރަށްރަށަށް ވާވަރަށް ގަނެގެން ގެނެސް ހަރުކޮށް އޭގެ ރީއެޖެންޓްސް، އެއަށް ބޭނުންވާ ވަސީލަތްތައް. ހިންގުމަށް ބޭނުންވާނެ ތަކެއްޗަކީ ވެސް ފަސޭހައިން ލިބޭނެ ތަކެތި އެކަހަލަ ބްރޭންޑުތައް ގެނައީމާ. އެގޮތަށް އެކަން ކުރަން ވާނީ ނިންމާފައި،” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ގިނަ ރަށްރަށުގައި މިހާރު ހުންނަ ބްރޭންޑްތަކުގެ މެޑިކަލް އިކުއިޕްމެންޓުތަކަށް ބޭނުންވާ ސްޕެއާ އާއި ވަސީލަތްތައް މާ ފަސޭހައަކުން ނުލިބެއެވެ.
“އެހެންވީމާ އެކަން އަބަދު ރަނގަޅުކުރަން ވެއްޖެއްޔާ ހިނގާ ހަރަދު ވަރަށް ބޮޑު. އެއްފަހަރުން ތަންކޮޅެއް ބޮޑު ހަރަދެއް ހިނގިޔަސް ކުރިއަށް އޮތްތަނަށް މެއިންޓެނެންސް އަށް ބަލާއިރު މާ ބޮޑުތަނުން ސޭވް ވާނެ، ކޮލެޓީ އަށް ބަލާއިރު މާބޮޑަށް ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދެވޭ، ކޮލެޓީ ހިދުމަތެއް ދެވޭ ކޮލެޓީ މެޝިނަރީ ބްރޭންޑުތައް ގެނައީމާ،” ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
