
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރާއްޖޭގެ ރަށްރަށުގައި ކުރަން ހުރި ކަންކަން ވަރަށް އަވަހަށް ހިނގައިގަންނަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ރ. އަނގޮޅިތީމުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގައުމުގެ އިގްތިސާދު ބަނގުރޫޓުވާ ހިސާބަށް ދިއުމާ ގުޅިގެން މިދިޔަ އަހަރު ކުރަން ޖެހުނު އެންމެ ބޮޑު އެއް ކަމަކީ އިގްތިސާދު ހަމައަކަށް އެޅުވުން ކަމަށެވެ. އަދި އެމްޑީޕީގެ ކުރީގެ ސަރުކާރުން ހުށަހަޅައި އެ ޕާޓީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބަޖެޓުގެ ސަބަބުން ރަށް ރަށުގައި މާ ގިނަ ކަންކަން ނުވި ކަމަށް ވިދާޅުވިއެވެ.
އެކަމަކު، މިހާރު ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލިހުން ފާސްކުރި ބަޖެޓާއެކު މި މަހުން ފެށިގެން ރަށް ރަށުގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތައް ފަށައިގަންނާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ގިނަ ވަޒީރުން ދަތުރުތަކުގައި ބައިވެރިކުރާ ސަބަބަކީ ވަރަށް އަވަހަށް ކަންކަން ހިނގައިގަންނަން ބޭނުންވާތީއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“ކައުންސިލާއި މުއައްސަސާތަކާއި ވަޒީރުންނާ ދިމާވެ ވާހަކަ ދެކެވިގެން މައްސަލަތައް ހައްލުކުރެވި ނަތީޖާއާ ހަމައަށް ދެވޭނެ ގޮތް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވާން (ބޭނުންވަނީ).” އަނގޮޅިތީމުގެ ގިނަ ބަޔަކު ބައިވެރިވި އެ ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ނިޒާމު އޮންނަ ގޮތުން ސިޓީ ބަދަލު ކުރުން ފަދަ ކަންކަމާ ހެދި މަސައްކަތްތައް ވަނީ ތާއްޓެވެ. މިއީ ރާއްޖޭގައި އެކަނި ވާ ގޮތެއް ނޫން ކަމަށާއި އާންމުކޮށް ހިނގަމުން އަންނަ އުސޫލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
“އެހެންވެ އަޅުގަނޑު ބޭނުންވީ ރަށްރަށަށް ދާއިރުގައި އެކަންކަމާ ގުޅޭ ބޭފުޅުންނާ އެކީގައި ގޮސް ކަންކަން ހައްލުކޮށް ކަންކަން ހިނގާނެ ގޮތް ހަދަން.” ރައީސް ވިދާޅުވިއެވެ. އަނގޮޅިތީމުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ވަކި ހިސާބަކުން ކުރިއަށް ގެންދިއުމަށް ފަހު ހުއްޓާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މަޝްރޫއު ހުއްޓުނު އެއް ސަބަބަކީ އެއް ކުންފުންޏަކަށް، އެއް ފަހަރާ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައި އޮތީމައެވެ. އެކަމަކު، މިހާރު މައްސަލަ ހައްލުކޮށް، ވަރަށް އަވަހަށް އަނގޮޅިތީމުގެ ފެނާއި ނަރުދަމާގެ މަޝްރޫއު އަލުން ފަށައި މި އަހަރު ނިންމައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަނގޮޅިތީމުގެ ބަނދަރުގެ މައްސަލަ ވެސް ވަކި ހިސާބަކުން ގޮސް ނުނިމި، އެންމެ ފަހުން ނެރު ފައިކަށި ހަދަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނގޮޅިތީމަށް ޖެޓީއެއް ބޭނުންވާ އިރު، މޫދަށް އެރޭނެ ވަކި ސަރަހައްދެއް ވެސް ގާއިމުކޮށް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައީސް ވަނީ މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވައި ރަށުގައި ހޭންޑްބޯލް ކޯޓެއް ވެސް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ އަނގޮޅިތީމުގެ ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ތަރައްގީކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ. އެމަނިކުފާނު އަނގޮޅިތީމުގެ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުތައް ފުރިހަމަ ކުރައްވާނެ ކަމެވެ.

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މި އަހަރު އަނގޮޅިތީމުގައި ފަށައި، ނިންމަން އަމާޒު ހިފި މަޝްރޫއުތައް:
– ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުން
– މަގު ހަދައި ނިންމުން
– ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ތަރައްގީ ކުރުން
– ބަނދަރު، ޖެޓީ އަދި މޫދަށް އެރޭ ސަރަހައްދެއް ގާއިމުކުރުން
– ހޭންޑްބޯލް ކޯޓެއް އެޅުން
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅު ވަނީ ރައްޔިތުން ގާތަށް ގޮސް، ރައްޔިތުން ބޭނުންވާ ގޮތް އޮޅުންފިލުވައިގެންނެވެ. އަދި އެގޮތުގެ މަތިން ކަންކަން ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވަނީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލާ އިރު، އެކަމަށް ރައްޔިތުން އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
