
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ޑިސެމްބަރު މަހު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކުގެ ދަށުން އައްޔަނުކުރެއްވި ހަތަރު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.
މަޖިލީހުން ރުހުން ދިން ވަޒީރުންނަކީ:
- މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން: މޫސާ ޒަމީރު (ތ. ބުރުނި، ނިވައިދޮށުގެ)
- މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ޑރ. އަލީ ހައިދަރު އަހްމަދު (މއ. ވެނީލާގެ)
- މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ: ޑރ. މަރްޔަމް މާރިޔާ (މއ. މާރާދަގެ)
- މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ: ޑރ. އަބްދުﷲ މުއްތަލިބު (ގދ. ފިޔޯރީ، ގުލްބަކާގެ)
ޒަމީރު އައްޔަންކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 69 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް ،މެންބަރަކު ވޯޓު ދެއްވާފައެެއް ނުވެއެވެ. ހައިދަރު އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 63 މެންބަރުންނެވެ. ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވާފައި ވެެެއެވެ. މާރިޔާ އާއި މުއްތަލިބު އައްޔަން ކުރުމަށް ފެންނަ ކަމަށް 70 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ. އެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ދައުރުން ބޭރުގެ ޖަލްސާގައެވެ. އަދި މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހާޒިރުވެ ވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މި ވަޒީރުންނަށް ރުހުން ދިނުމަށް ފާސް ކުރައްވައިފައެވެ.
މި ބަދަލުތަކާއެކު، ކުރިން އޮތް މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ވަނީ އުވާލައިފައެވެ. އަދި އެ މިނިސްޓްރީގެ މެންޑޭޓުތައް އެހެން މިނިސްޓްރީތަކަށް ބަދަލުކުރައްވާފައިވެއެވެ. މިގޮތުން، ޕްލޭނިންގެ މަސައްކަތް މިހާރު ހަވާލުކުރައްވާފައިވަނީ ފިނޭންސް މިނިސްޓްރީއާއެވެ. އަދި ބޯހިޔާވަހިކަމުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ އަލަށް އުފައްދަވާފައިވާ ކޮންސްޓްރަކްޝަން މިނިސްޓްރީއާއެވެ. މި ބަދަލުތަކަކީ ސަރުކާރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ގެންނަވާފައިވާ ބަދަލުތަކެއް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ގާނޫނުގައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވި ނަމަވެސް އަދި ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
