
ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އާ ސަފީރު ޖީ.ބާލާސުބްރަމަނިއަމް އާއި ހާރިޖީ ވަޒީރު އަބްދުﷲ ހަލީލް މަޝްވަރާ ކުރައްވައިފިއެވެ. ވަޒީރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ އާ ސަފީރު ބަލާސުބްރަމަނިއަމްއަށް ރާއްޖެއަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ. ސަފީރާއިއެކުގައި މިއަދު ވަރަށް ކާމިޔާބު ބައްދަލުވުމެއް ކުރިއަށް ގެންދެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ތާރީހީ ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރެވިގެން ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވިއެވެ. ހަލީލް ވިދާޅުވީ އުންމީދަކީ ރާއްޖެ-އިންޑިއާ ގުޅުން ވަރުގަދަކަމާއިއެކު ކުރިއަށް ދިއުން ކަމަށެވެ. ރާއްޖޭގެ ސަފީރުކަމަށް ސުބްރަމާނިއަން އައްޔަނުކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އިންޑިއާއިން ނައިޖީރިއާ އަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުގައެވެ. އިންޑިއާގެ ސަފީރުގެ ގޮތުގައި އެންމެ ފަހުން ރާއްޖޭގައި ހުންނެވީ މުނޫ މަހާވަރެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ 2021 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
