
މާލޭ ސަރަހައްދުގައި ފޯރުކޮށްދެވޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުރިއަށް ގެންދާ، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫއުގެ %65 މަސައްކަތް ނިންމާލައިފިއެވެ. ދެހާސް ސޯޅަ ވަނަ އަހަރު ފެށިފައިވާ، މި މަޝްރޫއުގެ ބައެއް މުހިންމު މަސައްކަތްތައް، ތަފާތު އެކި އެކި ސަބަބުތަކާއި ހުރެ ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު، 2024 ވަނަ އަހަރު މި މަސައްކަތްތައް ވަނީ އަލުން ފަށައިގަނެވިފައެވެ.
މިގޮތުން، މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ، 20 އިންޗި ޑައިމީޓާ، 5 ކިލޯމީޓަރު ދިގު މައި ހޮޅި ސާފުކޮށް ޑިސްއިންފެކްޓް ކުރުމާއި، ޕްރެޝަރު ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވަނީ ފެށިފައެވެ. އަދި މާލެއާއި ހުޅުމާލޭގައި ގާއިމްކުރެވޭ ޓްރާންސްފާ ޕަމްޕް ސްޓޭޝަންތަކުގެ ފައުންޑޭޝަން މަސައްކަތްތައް ނިންމާ އިމާރާތުގެ އޮނިގަނޑުގެ މަސައްކަތްތައްވަނީ ފެށިފައެވެ.

އެމްޑަބްލިއުއެސްސީ އިން ވިދާޅުވީ މާލޭގެ ޕަމްޕް ސްޓޭޝަންގެ މުޅި މަސައްކަތުގެ %25 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ހުޅުމާލޭގެ ޕަމްޕް ސްޓޭޝަންގެ %60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ. އަދި ޕަމްޕްސްޓޭޝަންތަކުގެ ޢިމާރާތްތަކުގެ މަސައްކަތް ނިންމުމަށް އަމާޒުކުރެވިފައިވަނީ މާރޗް މަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުން ޕަމްޕްތައް ބަހައްޓާ ނިމުމަށްފަހު 2025 ވަނައަހަރުގެ ދެވަނަ ކުއާޓާއި މި ނިޒާމްގެ ބޭނުންކުރަން ފެށުމަށް ވަނީ ނިންމާފައެވެ. ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަޝްރޫޢު ނިމުމުން،މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް، ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ ގާބިލްކަން ލިބިގެންދާނެއެވެ. މީގެ ސަބަބުން، މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުވެގެން ދާނެއެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނެވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމާއެކު ހިދުމަތުގެ ފެންވަރާއި ކަށަވަރުކަން އިތުރުކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
