
(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިވަގުތު 22 ކުދިން ވެއިޓިން ލިސްޓްގައި ތިބި ކަމަށް ހެލްތު މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު 14 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. މިހާތަނަށް ހަތް ކުއްޖަކު ޓްރާންސްޕްލާންޓް ނިންމާފައިވާއިރު، މިވަގުތު ހަތް ކުދިން ރާއްޖެއިން ބޭރުގައި ދަނީ ފަރުވާ ހޯދަމުންނެވެ. އަދި ހަ ކުއްޖަކު ބޯންމެރޯ ނިންމުމަށްފަހު ރާއްޖެ އައިއިރު، އެއް ކުއްޖަކު ނިޔާވެފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ބޭރުގައި ތިބި ކުދިންގެ ތެރެއިން ތިން ކުއްޖަކު އަންނަ މަހު ރާއްޖެ އަންނަ އިރު، ބާކީ ހަތަރު ކުދިންގެ ފަރުވާ މިވަގުތު ދަނީ ކުރިއަށެވެ. އަދި މިއަހަރު އިތުރު 10 ކުދިން ބޯންމެރޯ ހެދުމަށް ބޭރަށް ފޮނުވާނެ ކަމަށާއި، އޭގެ ތެރެއިން ފަސް ކުދިންގެ ބޯންމެރޯ ސްޕެޝަލިސްޓް ރިވިއު ހެދުމަށްފަހު އެކަމާ ގުޅިގެން ތައްޔާރީތައް ވަމުންދާ ކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހިލޭ ބޯންމެރޯ ހަދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މިގޮތުން، ޒަކާތު ފަންޑުގެ ޚަރަދުގައި ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ހެދުމަށް އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާ ކުދިންގެ ތެރެއިން ގިނަ ކުދިން ފޮނުވަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އަދި ބައެއް ކުދިން ފޮނުވަނީ ތައިލެންޑަށެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެވްރެޖްކޮށް 45 ދުވަހާއި 60 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
