
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ތެލެސީމިއާ ކުދިންގެ ތެރެއިން ހަ ކުއްޖަކު ސަރުކާރު ހަރަދުގައި ބޯންމެރޯ ފުރިހަމަ ކުރުމަށް ފަހު ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ވިދާޅުވެއްޖެއެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސް އިން “އެކްސް”ގައި މިއަދު ކުރި ޕޯސްޓްގައިވާ ގޮތުން އެ ތަނުގެ އެހީތެރިކަމާއެކު ރާއްޖެއިން ބޭރުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ހަ ކުއްޖަކު ހަދައި، އެނބުރި ރާއްޖެ އައިސްފައި ވާ ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ތެލެސީމިއާ ހުންނަ ކުދިންގެ އަޅާލުން އިތުރަށް ހަރުދަނާ ކުރުމަށް ދެމިތިބި ކަމުގެ ހެއްކެއް ކަމަށް އެ ޕޯސްޓުގައިވެއެވެ.
މި ސަރުކާރުން ބޯން މެރޯ ހެދުމަށް މިދިޔަ އަހަރު ތެރޭގައި 14 ކުދހިން ވަނީ ފޮނުވާފައެވެ. ސަރުކާރުން ނިންމަވާފައިވާ ގޮތުގައި، ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެއެވެ. މި ޕްރޮގްރާމްގެ ދަށުން މިއަހަރު ފޮނުވާ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބޯންމެރޯ ހަދަން އެދި ހުށަހަޅާފައިވާ ކުދިންގެ ތެރެއިން، ސިއްޙީ ޙާލަތު ތަންދޭ ކުދިން ދެނެގަތުމަށް ބޭނުންވާ ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިއީ މިސަރުކާރުގެ 100 ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި ވަނީ ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތަށް ހިލޭ ބޯންމެރޯ ހެދޭ ގޮތް ހަމަޖައްސައި ދިނުމަށެވެ.
About Post Author
މާދަމާ ނިއުސް
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
މަޝްވަރާ ހުއްޓުވަން ޣައްޒާގެ އިސްތިޢުމާރު ޔަހޫދީން ފުޅާކުރަނީ
(ފޮޓޯ ކްރެޑީޓްސް: ރޮއިޓާރސް) ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ކުރާ މަޝްވަރާތަކަށް ހުރަސްއަޅައި، ޔަހޫދީން އެ ސަރަޙައްދުގެ އިސްތިއުމާރު ފުޅާކުރަމުންދާކަމަށް ހަމާސްއިން ވަނީ ބުނެފައެވެ. މިގޮތުން،...
ބްރެޒިލް އާއި މޮރޮކޯގެ ކުރިމަތިލުން އެއްވަރު
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ބްރެޒިލް އާއި މޮރޮކޯ ބައްދަކުރިމެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި ކުޅުނު...
ސްވިޓްޒަލަންޑް ހިފަަހައްޓާލާ ޤަތަރުން ފުރަތަމަ ޕޮއިންޓް ހޯދައިފި
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ސްވިޓްޒަލަންޑާއި ޤަތަރު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޤަތަރުން ވޯލްޑް ކަޕްގައި އެޓީމުގެ ފުރަތަމަ ޕޮއިންޓް...
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
