
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ބާތިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރު ކުރުން ހިމެނޭ ކަމަށް އިއްޔެގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ވިދާޅުވީ މުދަލަކީ ދެ މިޔަލީ ކަނޑިއެއް ކަމަށެވެ. އެއީ ބިނާކުރުމަށާއި ފަނާކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމަށާއި އިންސާނާ ހަލާލު ގޮތުގައި މުދާ ހޯދައިފި ނަމަ، ހަލާލު ގޮތުގައި ވުނަކޮށްފިނަމަ، އަދި ހަލާލު ގޮތުގައި ހޭދަކޮށްފި ނަމަ، އެއީ އޭނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ އެއްޗެއް ކަމަށް ވެސް ހުތުބާގައިވެއެވެ.
މުދަލަކީ އިންސާނާގެ ހަޔާތުގައި މުހިންމު އެއްޗަކަށްވާއިރު، އެއާ މެދު ނުހަނު ބޮޑަށް ރައްކާތެރިވާން ޖެހޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ. ނޫން ނަމަ ހެޔޮ މަގުން ކަސިޔާރުވެދާނެ ކަމަށް އޭގައިވެއެވެ. އެހެންވެ މުދަލުގެ ފިތުނައިން ރައްކައުތެރިވުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވި ކަމަށް ވިދާޅުވިއެވެ.
” އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވާފައިވޭ. އެހެންވެ އެހެން މީހުންގެ މުދަލަށް އަރައިގަތުން ވަނީ ހަރާމްކުރައްވައިފައި. މުދަލަށް ހިޔާނަތްތެރިވުމާއި، މުދާ ފޭރުމާއި، މުދަލުން ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތުނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ މި ދީން މަނާކުރާ ކަންތައްތަކެއް. ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި އާންމު ފަރުދުންގެ މުދަލުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ހަރާމް ކަމެއް.” ހުތުބާގައި ވިދާޅުވިއެވެ.
ހުތުބާގައި ވިދާޅުވީ ބާތިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހުން ހިމެނޭ ކަމަށާއި އެއީ ހަރާމް ކަމެއް ކަމެއް ކަމަށެވެ. އަދި އެއީ އަމާނާތަށް ހިޔާނަތްތެރިވުމެއް ކަމަށް ވިދާޅުވިއެވެ.
” ބާތިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރު ކުރުންވޭ. ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ އަޅާގެ އީމާންކަން ފުރިހަމަކަމުގެ އަލާމާތެއް. އެފަދަ މީހަކު ނަމަ އޮފީހަށް ގޮސް އެ ތަނުގެ މަސައްކަތާ ނުގުޅޭ ކަންކަމުގައި އޭނާ މަސްއޫލުވެ އެއް ނޫޅޭނެއެވެ. އޭނާގެ މަސައްކަތަށް ﷲ ބައްލަވައި ވޮޑިގަންނަވާކަން ދަންނަ މީހާ، އޭނާ މަސައްކަތްކުރޭތޯ ވެރިމީހާ ބެލިޔަސް ނުބެލިޔަސް ބަރާބަރަށް އޭނާ މަސައްކަތްކުރާނެ.” ހުތުބާގައި ވިދާޅުވިއެވެ.
ދައުލަތުގެ މުދަލަށް ހިޔާނަތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުންވާ ކަމަށާއި ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއް ކަމަށް ހުތުބާގައި ވިދާޅުވެއެވެ. އެއީ ކަންކަން ފާސިދުކުރާ ވަބާއެއް ކަމަށް ވެސް ހުތުބާގައިވެއެވެ. އެއީ ހައްގު ބާތިލަށް ހަދައި، އަދި ބާތިލު ހައްގުކަމަށް ފުރޮޅައިލާ އާލަތެއް ކަމަށް ވިދާޅުވިއެވެ. ރިޝްވަތަކީ ވަރަށް ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއް ކަމަށް ހުތުބާގައިވެއެވެ. ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް އެ ވާނީ ރިޝްވަތަށް ކަމަށް ހުތުބާގައިވެއެވެ. ދުނިޔެމަތީގައި އެކަމުގެ އުގޫބާތުން ސަލާމަތްވި ނަމަވެސް އާހިރަތުގެ އުގޫބާތުން އެމީހާ ސަލާމަތެއްނުވާނެކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
