
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުތަކަށް މަސައްކަތްކުރާ އދ.ގެ އެޖެންސީ، އުންރުވާގެ ދެމެހެއްޓެނިވިކަމަށް އެހީތެރިވެ މަސައްކަތްތައް ކުރުމަށާއި، ޣައްޒާ އާރާސްތުކުރުމުގެ ރަނގަޅު މަސައްކަތްތަކެއް ކުރުމަށް ދުނިޔޭގެ ބާރުތަކަށް، ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިކަންކަމަށް ގޮވާލާފައިވަނީ ނޯވޭގައި ކުރިއަށް ދިޔަ “ގްލޯބަލް އެލަޔަނަސް ފޯރ ދި އިމްޕްލިމެންޓޭޝަން އޮފް ޓޫ-ސްޓޭޓް ސޮލިއުޝަން”ގެ ތިންވަނަ ބައްދަލުވުމުގައެވެ. ދެ ދައުލަތުގެ ހައްލު ހޯދުމަށް ގޮވާލާ ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރާ މި އެލަޔަންސްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެވަޑައިގެންނެވީ، ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު ޝާން ޝާކިރުއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވަނީ ސަފީރުގެ ވާހަކަފުޅުގައި ޣައްޒާގެ ހާލަތު އިޔާދަކޮށް، އާރާސްތުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ފަންނީ އެހީތެރިކަން ދިނުމަށްވެސް ގޮވާލެއްވިކަމަށެވެ. އަދި، ބައިނަލްއަޤުވާމީ މައިދާނުގައި އިޒްރާއިލު އިސްވެ އޮވެ، އުންރުވާގެ މަސައްކަތްތަކަށް ގޮންޖަހާ، ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށްވެސް އެލަޔަންސްގެ މެންބަރު ޤައުމުތަކަށް ގޮވާލެއްވިއެވެ.
2023ގެ އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން އިޒްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމުގެ ހަމަލާތައް ހުއްޓާލުމަށް، އިޒްރާއިލާއި ހަމާސް ޖަމާއަތުންވެސް އެއްބަސްވެފައިވާއިރު، ޣައްޒާ އަށް ވަނީ އެތައް ގެއްލުންތަކެއް ލިބިފައެވެ. އެންމެ ޒަރޫރީ ފެނާއި، ކާބޯތަކެއްޗާއި، ގެދޮރާއި، ސިއްހީ އަދި އެނޫންވެސް ވަސީލަތްތައްވަނީ އެއްކޮށް ހަލާކުވެގެންގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
