
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނިމިދިޔަ ސަރުކާރުން ކުރިއަސް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ހުރިހާ ފަރާތްތަކެއް ރިވިއު ކުރުމުގެ ބަދަލުގައި 4000 ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް ވެރިފައި ކުރުމަށް އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓްރީއިން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 6،000 މީހުން އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 14،000 މީހުން ކުރިމަތިލާފައިވާ ކަމަށެވެ. އެ ހުށަހެޅުންތައް ރީ އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރުމާއި ފައިނަލް ލިސްޓު ނެރުމުގެ މަސައްކަތް މިދިޔަ 14 މަސް ތެރޭގައި ކުރުމަށް މަސައްކަތް ކުރި ކަމަށާއި އެކަމުގައި ބޮޑެތި މައްސަލަތަކެއް ދިމާވެ ފްލެޓް ލިސްޓު އާންމުކުރުމަށް ލަސްވެފައިވާ ކަމަށް ވިދާޅިވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
“ގެދޮރުވެރިކަމުގެ މިނިސްޓްރީއާއި ހަވާލުވުމަށްފަހު ކަންކަން ހިނގާފައިވާ ގޮތް ބަލައި އައި އިއުލާނުކޮށްފައިވާ ލިސްޓާ ގުޅޭގޮތުން ރައީސް ހާމަކުރައްވާފައިވާ ސިޔާސަތާއި އެއްގޮތަށް ދިއުމަށްޓަކައި އަދި އޭސީސީއާއި އެހެން އިދާރާތަކުން ހާމަކޮށްފައިވާ ކަންބޮޑުވުމަށް ބަލައި މިހާރު ނިންމާފައިވަނީ ފްލެޓަށް އެދިފައިވާ ފޯމުލާފައިވާ ހުރިހާ ފަރާތްތަށް އިވެލިއުއޭޓްކުރުމުގެ ބަދަލުގައި 15 ނޮވެމްބަރު 2023 ގައި ގެޒެޓްކޮށްފައި ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް.” މުއްތަލިބު ވިދާޅުވިއެވެ. އެ ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދާއިރު ބަލާނީ 26 ޖޫން 2022 ގައި ގެޒެޓްކުރެވުނު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫނުކުރާނެ އުސޫލް ޖީ (20) 2022 އަށް ކަމަށާއި އަދި އެޕްލިކޭޝަން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ގެދޮރުވެރިން ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށް ކަމަށް ވިދާޅުވިއެވެ.
އެގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެއްޖަކަން ސާބިތު ކުރުމަށް ހުށަހެޅިދާނެ ކަމަށް ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔެކުންތަކަކީ އެ ސްކީމްގައި ފޯމްތައް އިވެލުއޭޓްކުރުމަށް ބަލަންޖެހޭ ލިޔުންތައް ކަމަށް ވިދާޅުވިއެވެ. ޕޯޓަލްގައި އިރުޝާދު ދީފައިވާ ހަ ބާވަތެއްގެ ލިޔުމެއްވާ ކަމަށާއި އެއީ:
- ވޭދުވެދިޔަ 15 އަހަރުގެ ތެރޭގައި މާލޭގައި ވަޒީފާ އަދާކުރި އަދި މިހާރު ވަޒީފާ އަދާކުރަމުންދާތަނުގެ ލިޔުން
- އަނބިމީހާ ނުވަތަ ފިރިމީހާ ވޭދުވެދިޔަ 15 އަހަރުގެ ތެރޭގައި ވަޒީފާ އަދާކުރި އަދި މިހާރު ވަޒީދާ އަދާކުރަމުންދާތަނުގެ ލިޔުން
- 15 އަހަރުގެ ތެރޭގައި މާލޭގެ ސްކޫލ،ް ކޮލެޖް، ޔުނިވާސިޓީއެއްގައި ކިޔެވިކަން ނުވަތަ ކިޔަވަމުންދާކަމުގެ ލިޔުން
- އަނބިމީހާ ނުވަތަ ފިރިމީހާ 15 އަހަރުގެ ތެރޭގައި މާލޭގެ ސްކޫލ،ް ކޮލެޖް، ޔުނިވާސިޓީއެއްގައި ކިޔެވިކަން ނުވަތަ ކިޔަވަމުންދާކަމުގެ ލިޔުން
- ދަރިން15 އަހަރުގެ ތެރޭގައި މާލޭގެ ސްކޫލ،ް ކޮލެޖް، ޔުނިވާސިޓީއެއްގައި ކިޔެވިކަން ނުވަތަ ކިޔަވަމުންދާކަމުގެ ލިޔުން
- ޕެންޝަނާއި ބެހޭ ލިޔުންތައް

(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މިނިސްޓަރު ވިދާޅުވީ ބައެއް ފަރާތްތަކުން އެޕްލައި ކުރިއިރު އުސޫލްތަކާއި އިރުޝާދުތަކަށް ނުފެތޭ ލިޔުންތައް ހުށަހަޅާފައިވާކަން އޭސީސީއިން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ޝަކުވާގެ މުއްދަތުގައި އެކި ކަހަލަ ލިޔެކިއުންތައް ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.އެހެންވެ އެފަދަ ލިޔުންތައް ބަލައިގަތުމަށް ނުފެންނަ ކަމަށް އޭޖީއިން ލަފާދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ކަމުން ޕޯޓަލްގައި ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ނޫން ލިޔުންތަކަކީ ގާނޫނީގޮތުން ބަލައިގަނެވޭނެ ލިޔުންތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
