
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ހައުސިން މިނިސްޓްރީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސާވާތައް ސިންގަޕޫރަށް ފޮނުވައިގެން ރިކަވާކުރެވޭތޯ ބަލަމުން އަންނަކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ އުމަރު ޒާހިރު ބިލްޑިން އާއި އެހެން ތަންތަނުގައި ބެކްއަޕް ޑޭޓާތަކެއް ހެދުމަށް ސާވާ ސިސްޓަމްތަކެއް ގާއިމުކުރަމުންދަނިކޮށް ކަމަށާއި ހާދިސާ ހިނގިއިރު އެ ޕްރޮޖެކްޓް ނިމުމަކާ ހިސާބަށް ދާން ކައިރިވެފައިވާ ކަމަށެވެ.
“މިހާރު އެ ސާވާގެ ޑިސްކްތައް ރިކަވާކޮށްފައި, ސިންގަޕޫރަށް ފޮނުވައިގެން އޭތިން އަޅުގަނޑުމެންނަށް އެއްވެސް މައުލޫމާތެއް ރިކަވާ ކުރެވޭތޯ އެ މަސައްކަތް ކުރަމުން އެބަ ގެންދަން. އެހެންނަމަވެސް ފުދޭވަރަކަށް ބޮޑަށް އަލިފާނުގެ އަސަރުކޮށްފައިވަނީ،” މުއްތަލިބު ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ސާވާއަށް ލިބުނު ގެއްލުމާ ގުޅިގެން ގޯތި ލިސްޓާއި ފްލެޓް ލިސްޓާއި އޭގެ ފަހުން އިއުލާނުކުރެވިގެންދާ ލިސްޓަށްވެސް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ޕޯޓަލްތައް ހުރީ މައިކްރޯސޮފްޓް އެޒޫގައި ގާއިމުކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މިދިޔަ ޑިސެމްބަރު މަހު 12 ވަނަ ދުވަހު ހައުސިން މިނިސްޓްރީ ހިމެނޭހެން ތިން މިނިސްޓްރީއެއްގައި ވަނީ އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މުއްތަލިބު ވިދާޅުވީ 2022 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް ހުރި ހުރިހާ މައުލޫމާތުތަކެއް ރައްކާކުރެވިފައި އެބަހުރި ކަމަށާއި އޭގެ ފަހުން ހުރި މައުލޫމާތު ރައްކާނުކުރެވި ހުރީ އޭރު ދައްކަމުން ދިޔަ ސަބްސްކްރިބްޝަން ފީތަކެއް ދެއްކުން ސަރުކާރުން ހުއްޓާލުމާ ގުޅިގެން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
