
(ފޮޓޯ ކްރެޑިޓްސް: ފޮރިން މިނިސްޓްރީ)
ރާއްޖޭގެ ޚާރިޖީ ވުޒާރާއާއި އަޒަރުބައިޖާންގެ ޚާރިޖީ ވުޒާރާއާ ދެމެދު ބައިލެޓަރަލް ކޮންސަލްޓޭޝަންސްގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. އިއްޔެ މެންދުރު ފަހު ރާއްޖޭގެ ޚާރިޖީ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއެވެ. އަދި އަޒަރުބައިޖާންގެ ވަފުދުގައި އިސްކޮށް ހުންނެވީ އަޒަރުބައިޖާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު އެލްނޫރު މަމަދޮވްއެވެ.
މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ޑެޕިއުޓީ ފޮރިން މިނިސްޓަރު އެލްނޫރު މަމަދޯވް ވަނީ ރާއްޖެއާއި އަޒަރުބައިޖާންގެ ގުޅުމުގެ ތެރެއިން ކުރިއަށްދާ ހުރިހާ ޕްރޮގްރާމްތަކާއި ވެފައިވާ މުހިންމު އެއްބަސްވުންތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ފޮރިން މިނިސްޓްރީ)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ދެމެދު މިދިޔަ ނޮވެމްބަރު މަހު ބަކޫގައި ކުރިއަށްދިޔަ ކޮޕް29ގެ ހަވާސާގައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި، މިއަދު ބޭއްވެވި ބައްދަލުވުމުގައި، އިންވެސްޓްމަންޓް ކުރިއެރުވުމާއި، ތަޢުލީމާއި، ޘަޤާފަތާއި، ފަތުރުވެރިކަމާއި، ކަނެކްޓިވިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މަލްޓިލޭޓަރަލް ކޯޕަރޭޝަންގެ އިތުރުން، ދެޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިއަދުގެ މަޝްވަރާގައި ފޮރިން ސެކްރެޓަރީ އިނާޔާ އާއި ޑެޕިއުޓީ ފޮރިން މިނިސްޓަރު މަމަދޯވް ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދިނުމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. ޑެޕިއުޓީ ފޮރިން މިނިސްޓަރު މަމަދޯވް އިސްކޮށް ހުންނަވައިގެން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އަޒަރުބައިޖާން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުންނާއި، އަޒަރުބައިޖާންގެ އެކްސްޕޯޓް އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަން އޭޖެންސީ (އަޒްޕްރޯމޯ)ގެ އިސްވެރިންނާއި އާއި ޕްރައިވެޓް ސެކްޓާގެ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ. މި ވަފްދުގެ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި މަޝްވަރާކުރައްވައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ދެނެގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
