
(ފޮޓޯ ކްރެޑިޓްސް: ފެނަކަ)
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މިހާރު ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވިދާޅުވެއްޖެއެވެ. ފެނަކަ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ސީޕީއެސްގެ ޖެންސެޓްތަކަކަށް މައްސަލަ ދިމާވެ، ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފައިވާ ކަމަށާއި މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ސްޕެއާ ޕާޓްސް ލިބި، އެއް ޖެންސެޓުގެ މައްސަލަ މިއަދު ހައްލުވާނެ ކަމަށް ފެނަކަ އިން ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ބާކީ ސްޕެއާ ޕާޓްސް ލިބުނު އަވަހަކަށް ދެން ހުރި ޖެންސެޓުތައް ހައްލުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ ހައްލުވަންދެން ކަރަންޓު ލޯޑް ހިފެހެއްޓުމަށްޓަކައި، ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކުން، އެކުލަވާލެވޭ ތާވަލާއި އެއްގޮތަށް، ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން ވަނީ އަންގާފައެވެ. މިކަމުގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށާއި މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ކަރަންޓުގެ ހިދުމަތް އާއްމު ހާލަތަކަށް ގެންނަން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކަ އިން ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އެ ސިޓީގައި 30 މެގަވޯޓްގެ ޕަވާ ޕްލާންޓެއް ގާއިމް ކުރުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ ހަވާލު ކުރީ މިދިޔަ އަހަރު އޭޕްރީލް މަހު 18ގައެވެ. ކުރީގެ ޖަނަރޭޓަރުތައް މެއިންޓެއިންނުކޮށް ހުރުމުން އެތަކެތި ހުރީ ހަލާކުވެފައި ކަމަށާއި އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދެނީ 18 ވަރަކަށް ޖަނަރޭޓަރު ބަހައްޓައިގެން ކަމަށް ފެނަކައިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޖަނަރޭޓަރުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ސްޕެއާތައް ހޯދުމާއި ކެޕޭސިޓީ އިތުރުުކުރުމާއި ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ބަދަލުގައި އިތުރު ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތްތައް ފެނަކައިން ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
