
ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު އެޗްޕީއޭ އިން އާންމު ކޮށްފިއެވެ. އެޗްޕީއޭ އިން ބުނީ މިއަހަރުގެ ނޮވެންބަރުމަހާ އަޅާބަލާއިރ،ު ޑިސެންބަރުމަހު ޑެންގީހުން ޖެހިގެން ރިޕޯރޓް ކުރެވުނު އަދަދު ވަނީ ދަށަށް ގޮސްފައެވ.ެ އެހެންނަމަވެސް ޑެންގީހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއ،ި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.
އެގޮތުން 2023 ނޮވެންބަރު ގައި 254 ކޭސް ރިޕޯޓް ކޮށްފައިވާ އިރު އެ އަހަރު ޑިސެންބަރު މަހު 193 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 2024 ނޮވެންބަރު ގައި 140 ކޭސް ރިޕޯޓް ކޮށްފައި ވާއިރު ޑީސެންބަރު މަހު އެ އަދަދު ވަނީ 96 އަށް މަދުވެފައެވެ. މިއަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު ޑިސެންބަރުމަހ،ު އަރިދަފުސް ރޯގާޖެހިގެން ރިޕޯރޓް ކުރި ޢަދަދު ދަށަށް ގޮސްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ. އަދި މިއަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު ޑިސެންބަރުމަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު ޢަދަދު ވެސް ވަނީ ދަށަށް ގޮސްފައެވެ.
އެޗްޕީއޭ އިން ބުނީ މިއަހަރުގެ މިހާތަނަށް ޓެސްޓް ކުރެވުނު 2414 ސާމްޕަލްގެ ތެރެއިން 484 ސާމްޕަލްވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ. އެގޮތުން 2023 ނޮވެންބަރުގައި އަރިދަފުސް ރޯގާގެ 37028 ކޭސް ރިޕޯޓްކޮށްފައިވާއިރު ހަމަ އެ އަހަރު ޑިސެންބަރު މަހު 32565 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 2024 ނޮވެންބަރު ގައި 40573 ރިޕޯޓް ކޮށްފައި ވާއިރު ޑިސެންބަރު މަހުގައި 30590 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. މިއަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު ޑިސެންބަރުމަހ،ު ބޭރަށްހިންގުން ޖެހިގެން ރިޕޯރޓްކުރެވުނު ޢަދަދު ވަނީ ދަށަށްގޮސް ފައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެގޮތުން 2023 ނޮވެންބަރު މަހު ބޭރަށް ހިންގުމުގެ 6698 ކޭސް ވަނީ ރިޕޯޓް ކޮސްފައެވެ. ހަމަ އެ އަހަރު ޑިސެންބަރު މަހު 3919 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 2024 ނޮވެންބަރު ގައި 3640 ރިޕޯޓް ކޮށްފައި ވާއިރު ޑިސެންބަރު މަހުގައި 2590 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އެޗްޕީއޭ އިން ވަނީ މި ފަދަ ބަލި ތަކަށް ހާއްސަ ސަމާލު ކަމެއްދީ ރައްކާތެރި ވުމަށް އެދިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
