
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެފްކޮމް ކާގޯއާ ގުޅިގެން ޗާޓަރޑް ޝެޑިއުލްޑް ކާގޯ ޚިދުމަތް ފަށައި ފުރަތަމަ ފްލައިޓް ރާއްޖެ އަތުވެއްޖެއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުން މި އައު ޚިދުމަތުގެ ދަށުން، އިންޑިއާގެ ޗެންނާއިއިން ފުރި އެފްކޮމް ކާގޯގެ ފުރަތަމަ ފްލައިޓުން 20 ޓަނުގެ ކާގޯ ވަނީ ވީއައިއޭއަށް އެތެރެކޮށްފައެވެ. މި ކާގޯ އެކްސްޕޯޓްކޮށްފައިވަނީ އެތިހާދު އެއަރވޭސްގެ ފްލައިޓެއް މެދުވެރިކޮށްކަން އެމްއޭސީއެލްއިން ފާހަގަކޮށްފައިވެއެވެ.
އެފްކޮމް ކާގޯއިން ހަފްތާއަކު 3 ފްލައިޓް އޮޕަރޭޓްކުރުމަށް ވަނީ ރޭވިފައެވެ. އަދި ކުރިއަށް އޮތްތަނުގައި މި އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމަށް އެމްއޭސީއެލްއިން ވަނީ ރާވާފައެވެ. މީގެ އިތުރުން، ވީއައިއޭ މެދުވެރިކޮށް ކާގޯ މޫވްމަންޓް ހަރުދަނާކުރުމަށް ޓަކައި، ބޮޑެތި އެއަރލައިންތަކާއެކު އިންޓަލައިން އެއްބަސްވުންތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް އެފްކޮމް އެއަރލައިންސްއިން ކުރަމުންދާ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި، މި އައު ޚިދުމަތާއެކު ވީއައިއޭއިން ދެމުންދާ ކާގޯގެ ޚިދުމަތްތައް ވަނީ އިތުރަށް ފުޅާވެފައެވެ. އަދި ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިޤްތިޞާދަށް އެމްއޭސީއެލްއިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
އެމްއޭސީއެލްއިން އިތުރަށް ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ތަރައްޤީކޮށްފައިވާ އައު ކާގޯ ޓާމިނަލް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އެ ޓާމިނަލާއެކު އަހަރަކު ޖުމުލަ 120،000 ޓަނުގެ ކާގޯގެ ޚިދުމަތް ދެވޭނެ ޤާބިލުކަން ހުންނާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
