
މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރި، ދުރު ރާސްތާ ދަތުރުކުރެވޭ އޭ330 މަރުކާރުގެ ވައިޑްބޮޑީ މަތިންދާބޯޓު އިފްތިތާހުކުރުމުގެ އުފަލުގައި އެކުންފުނިން ހަވީރެއް ބާއްވަން ނިންމައިފިއެވެ.
ގައުމީ އެއާލައިނުން ބުނި ގޮތުގައި މި ހަވީރު އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަވީރުގައި މޯލްޑިވިއަންގެ މުވައްޒަފުންގެ ސްޓޯލްތަކުގައި ކުޅިވަރުގެ އެކި ހަރަކާތްތައް ހިމެނޭއިރު، އިނާމު ދިނުންވެސް އޮންނާނެ އެވެ. އަދި ލައިވް ޕަފޯމަންސާއި މުނިފޫހިފިލުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. ގައުމީ އެއާލައިނަށް ވައިޑްބޮޑީ އެއާކްރާފްޓް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ 17 ޑިސެމްބަރު 2023 ވަނަ ދުވަހުގައެވެ. އަދި މިމަހު 2 ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭ330 މަރުކާގެ މަތިންދާބޯޓެއް ރަޖިސްޓްރީކުރެވިގެން ދިޔައެވެ. މިބޯޓު، މިމަހުގެ 6 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މޯލްޑިވިއަން އިން އާންމުންނަށް ދައްކައިލި އެއާ ޝޯ އަކާވެސް އެކީގައެވެ.
މޯލްޑިވިއަން އިން އަލަށް ގެނައި އެއާބަސް330 ގައި ތިން ކްލާހެއްގައި 264 ގޮނޑި ހިމެނެއެވެ. އެއީ ބިޒްނަސް އަށް 18 ގޮނޑި އާއި ފްރިމިއަކް އެކޮނަމީއަށް 36 ގޮނޑިއާއި އިކޮނޮމީ ކުލާހުގައި 210 ގޮނޑި އެވެ. މި ފްލައިޓުގެ ދަތުރުތައް މިމަހުގެ 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ދަތުރު ކުރާނީ ޗައިނާގެ ޗްންގްޑޫ އަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
