
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް މިއަދު ލިބުނު ކާމިޔާބީގެ ސިއްރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންތެރިކަމާއި އެމަނިކުފާނުގެ ލީޑާޝިޕުގެ ހަރުދަނާކަމުން ހޯދުނު ކާމިޔާބީއެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 132 ކިލޯވޯލްޓްގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓަރ މާލެ އިންޓަކަނެކްޝަން ގްރިޑާ ގުޅާލުމުގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ކަމާއި ގުޅިގެން ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަސައްކަތް ނިންމާލާފައިވަނީ ކަރަންޓު މެދުކެނޑުން ވަރަށް މަދުކޮށްގެން ކަމަށާއި މި ކާމިޔާބީ ހޯދުމުގައި ސްޓެލްކޯގެ އިންޖިނިއަރުންނާއި މުވައްޒަފުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
“މި ކާމިޔާބީ ޙާޞިލުކުރުމުގައި އަޅުގަނޑުމެންގެ އިންޖިނިއަރުންނާއި މުވައްޒަފުންގެ ފަރާތުން ފާހަގަކޮށްލެވޭ ހިތްވަރާއި ޕްރޮފެޝަނަލިޒަމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުރީފު ކުރަން. މުވައްޒަފުންގެ ކެތްތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.” ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި މިފަދަ ބޮޑު ކާމިޔާބީއެއް ސްޓެލްކޯއަށް މިއަދު ހާސިލް ކުރެވުނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދުރުވިސްނުންތެރިކަމާއި އެމަނިކުފާނުގެ ލީޑާޝިޕުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ފަހުމީ ވަނީ ރައިސް މުއިއްޒުއަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.
ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވި ގޮތުގައި، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރިން އަންދާޒާކޮށްފައިވަނީ މާލޭގެ 10 ސަރަހައްދަކުން ކަރަންޓު މެދުކަނޑާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް މޫސުން ތަންދިނުމާއެކު، މާލޭގެ ދެ ސަރަހައްދަކުން އެއް ގަޑިއިރަށްވުރެ މަދު ވަގުތުކޮޅަކަށް ކަރަންޓު މެދުކަނޑާލައިގެން މި މަސައްކަތް ނިންމާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތް ނިމުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ އިތުބާރު ބޮޑުވެގެންދާނެއެވެ. އަދި މުޅި ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގަ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
