
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އަހަރަކު 15 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ އާމްދަނީ ލިބޭ ވިޔަފާރިތައް އެ އޮތޯރިޓީގައި ރަޖިސްޓަރީކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގައިފިއެވެ. މި އެންގުން އަންގާފައިވަނީ އަލަށް ތަންފީޒުކުރަން ފަށާފައިވާ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުންނެވެ. މި ގާނޫނުގެ ދަށުން ހަދާފައިވާ “ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމުގެ ގަވާއިދު” އެމްއެމްއޭއިން ވަނީ ގެޒެޓުކޮށްފައެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން، ކުރިން ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކުން މި މަހުގެ 13 ގެ ކުރިން ރަޖިސްޓަރީކުރަންޖެހެއެވެ. އަދި އަލަށް ވިޔަފާރި ފަށާ ފަރާތްތަކުން 30 ދުވަހުގެ ތެރޭގައި ރަޖިސްޓަރީކުރަން އަންގާފައިވާއިރު، ޓޫރިޒަމް ދާއިރާ އަދި މާލީ އިދާރާތައް ފިޔަވައި އެހެން ދާއިރާތަކުން 2024 ވަނަ އަހަރު 15 މިލިއަން ޑޮލަރަށްވުރެ ގިނައިން އާާމްދަނީ ލިބިފައިވާ ފަރާތްތަކުން ފެބްރުއަރީ 3 ގެ ކުރިން ރަޖިސްޓަރީކުރަންޖެހޭނެއެވެ.
އަދި 2025 އިން ފެށިގެން އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުން ޖެހިގެން އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން ރަޖިސްޓަރީކުރަންޖެހޭނެއެވެ. ރަޖިސްޓަރީކުރަންޖެހޭ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައި ހުންނަ ފޮރިން އެކްސްޗޭންޖު ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީކުރަންޖެހޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
މި އައު ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ހިންގާ ބޮޑެތި ވިޔަފާރިތަކުގެ ބޭރު ފައިސާގެ މުޢާމަލާތްތައް ބެލެހެއްޓުމާއި، ޤައުމުގެ އިޤްތިޞާދީ ހަރަކާތްތައް ހަރުދަނާކުރުމެވެ. މިފަދަ ވިޔަފާރިތައް ރަޖިސްޓަރީކުރުމުން، އެމްއެމްއޭއަށް ރާއްޖޭގެ ބޭރު ފައިސާގެ ދައުރުވުމާ ބެހޭ މުހިންމު މަޢުލޫމާތު ލިބި، އެކަމާ ގުޅޭ ސިޔާސަތުތައް އެކަށައެޅުމަށް ފަސޭހަވާނެއެވެ. އަދި މިކަމުގެ ސަބަބުން ބޭރު ފައިސާގެ ބާޒާރު އިތުރަށް ހަރުދަނާވެ، ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަން އިތުރުވާނެ ކަމަށް އް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ. ނަމަވެސް، ބައެއް ވިޔަފާރިވެރިން މި ގަވާއިދާމެދު ކަންބޮޑުވުން ފާޅުކޮށް، މިއީ އިތުރު ބިއުރޮކްރަސީއެއް ކަމަށް ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
