
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގއ. ދެއްވަދޫއަށް އާ އައިސްޕްލާންޓެއް ގެނެސްދެއްވާނެ ކަމަށާއި އެ ރަށުގެ ބަނދަރާއި ރަށްގިރުމާއި ކުނި ކޮށީގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. މިއަދު ދެއްވަދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ވިދާޅުވީ ދެއްވަދޫގައި ވަަރަށް މުހިންމު ސަމާލުކަމެއް ދީގެ ހައްލުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރަށްގިރުމުގެ ބޮޑު މައްސަލައާއި، ބަނދަރާ ކުނި ކޮށީގެ މައްސަލަ އެކުއެކީގައި ހައްލުވާނެ ގޮތެއް ހޯދުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މި އަހަރުގެ ބަޖެޓްގެ ތެރެއިން މިކަމަށް ރަނގަޅު ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ. ކައުންސިލްގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ގުޅިގެން މި ތިން މައްސަލަ އެކުގައި ހައްލުވާނެ ވަށާޖެހޭ ހައްލަކަށްވަޑައިގަތުމަށް ދަންނަވަން. އަދި މަަސައްކަތް އަލުން ފެށޭއިރު ރަށްގިރުމުގެ މައްސަލައާއި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމާއިއެކުގައި ދާ ގޮތަށް ބިމަށް ޖާގަ އިތުރުކޮށް ކުނިކޮށީގެ މައްސަލަ ހައްލުކުރެވޭނެ ގޮތަށް ސަރުކާރުން ގެނެސްދިނުމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން. އޭރުން މަސްވެރިކަމާއި އަދި ރައްޔިތުން ލުއި ފަސޭހަ ލިބޭނެ.”، ރައީސް ވިދާޅުވިއެވެ.
ދެއްވަދޫއަށް ރައީސް ވެވަަޑައިގެންނެވި ބައެއް ވައުދުތައް:
- ސިއްހީ މަރުކަޒުގައި އިތުރު ފެސިލިޓީތައް ގާއިމް ކުރުން
- ސްކޫލަށް މަލްޓިޕާޕަސް ހޯލެއް ހަމަޖައްސައިދިނުން
- ވޮލީ ކޯޓެއް އެޅުން
- ދަނޑުގައި ޓާފްއަޅި މަސައްކަތް ނިންމައިދިނުން
- އައުޓްޑޯ ޖިމްގެ މަސައްކަތް
- އައިސް ޕްލާންޓް މަރާމާތު ކުރުން އަދި އާ އައިސް ޕްލާންޓެއް ގެނައުން
- ސީއެމްބިއުލެންސްގެ ހިދުމަތް
- ސިޓީ ހޮޓަލްގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުން
އޭގެ އިތުރުން ރައީސް ވިދާޅުވީ މަސްވެރިކަމަކީ ދެއްވަދޫ ގިނަ ރައްޔިތުން ޝާމިލްވާ ދައިރާއެއް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި އުންމީދުތަކަށް ފުރިހަމަކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 48 ގަޑިިއިރު ތެރޭގައި ފައިސާ ދިނުމުގެ ވެލެއްވި ވައުދުފުއްދަވައި މިހާރު ބަރާބަރަށް ފައިސާ ދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“ކުރިއަށް އޮތްގާއި ދެން ހުރި ކަންކަން މަސްވެރިންގެ ހިޔާލާއެކު ދާނީ ފުރިހަމަކުރަމުން. ބޭރުގެ އެހީ ހޯދައިގެން އަދި ސަރުކާރުގެ ބަޖެޓްގެ ތެރެއިން މަސްވެރި ސިނާއަތް ފުޅާކޮށް މަސްވެރިންނަށް އިންޑަސްޓްރީގައި ކުރިއަށް ދިއުމަށް މަގުފަހިކުރުމަށް އަދި އިތުރު ފަރާތްތައް އިންޑަސްޓްރީއަށް ވަނުމަށް ހިތްވަރު ލިބޭނެ ގޮތަށް ބޭނުންވަނީ މި އިންޑަސްޓްރީ ކުރިއަރުވަން. ދުނިޔޭގެ ތަންތަނުގައި ހިނގާ ނުރައްކާތެރި ކަންކަމާއި ހާދިސާތަކާއި މި ސީނާއަތާއި އެހާ ބޮޑަށް ގުޅިފައިނެތް. އަޅުގަނޑުމެންގެ އަތްމަތީގައި ކުރިއެރުވެން އޮތީ އަޅުގަނޑުމެންގެ ލޭނާރު. ރަނގަޅަށް މަސައްކަތް ކުރެވިއްޖެނަމަ އެންމެ ބޮޑު އާމްދަނިއެއް ޖީޑީޕީގެ ނިސްބަތުން އެތެރެކުރެވޭނެ އަދި ރައްޔިތުންނަށް މުއްސަދިކަން ލިބޭނެ ސިނާއަތަކަށް ހެދެން އޮތީ މަސްވެރިކަން. އެ ވިސްނުމުގައި ސަރުކާރުން ދަނީ މަސްވެރިންނާއިއެކު މަސައްކަތް ކުރަމުން.”، ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސީދާ ރައްޔިތުންގެ ގާތަށް އައިސް ކަންކަން އޮޅުފިލުވައި ކަންކަން ކުރަން ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ހިދުމަތް ދޭން ބޭނުންވާތީ ކަމަށެވެ. ރައްޔިތުންގެ ވިންދާއެއްގޮތަށް ކަންކަން ކުރުމަށް ކަމަށް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
