
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސިޔާސީ ފަރާތްތަކަށް ނުވަތަ އެނޫންވެސް ބަޔަކަށް ރާއްޖޭގެ ގައުމީ ހަމަޖެހުން ނަގާލުމުގެ ޖާގަ ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ގއ. މާމެންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، “މިގައުމުގައި އަޅުގަނޑެއް ސިޔާސީ ގޮތުން އެއްވެސް މީހަކަށް އަނިޔާ ނުކުރާނަން، ބަދަލު ހިފުމެއް ނޯންނާނެ” ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންވަނީ ގައުމުގައި “ހަގީގީ މާނައިގެ ހަމަޖެހުން އޮންނަން” ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ގައުމަށް ތަރައްގީ އޭގެ ހަގީގީ މާނައިގަ ގެނެސްދެވިގެންދާނީވެސް ހަމަޖެހުމާ އެކީގަ. ހަގީގީއޭ މިދެންނެވީ ވަށާޖެހިފައިވާ ތަރައްގީއެއް އަޅުގަނޑު ބޭނުން ވަނީ ގައުމަށް އަންނަން. އުމްރާނީ ތަރައްގީއާ އެކީގަ އަޅުގަނޑުމެންގެ ވިސްނުން ތަރައްގީވެ އަޅުގަނޑުމެންގެ އަޚްލާގު ތަރައްގީވެ އަޅުގަނޑުމެންގެ މުޖްތަމައުގެ އުޅުންތަކާއި ގުޅުންތައް ހެޔޮ މަގުން ތަރައްގީވަމުން ގޮސް އޮންނަ ވަށާ ޖެހޭ ތަރައްގީއަކަށް ވާން،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބޭނީ ގައުމުގައި ހަމަޖެހުން ގާއިމް ކުރެވިގެން ކަމަށެވެ. އެގޮތުން އެމަނިކުފާ ވަނީ ގައުމީ އަދި ފަރުދީ ވިސްނުމެއްގައި ގައުމުގެ ހަމަޖެހުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްފުޅަށް އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެކަމަކީ ގައުމަށް ކޮށްދެވޭ ވަރަށް މުހިއްމު ކަމެއް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
“މިގައުމުގަ ސިޔާސީ ފަރާތްތަކުން އަދި އެނޫންވެސް ބަޔަކަށް މި ހަމަޖެހުން ނަގާލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެއްވެސް ފުރުސަތެއް އެކަމަކަށް ނުދޭނަން” ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަށް އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފިނަމަ “އެކަން ގައުމީ ވިސްނުމެއްގައި ހުއްޓުވައި، ގައުމީ ހަމަޖެހުން ޔަގީން ކުރާނަން” ކަމަށެވެ. އަދި އެކަން ކުރައްވާނީ ސާބިތުކަމާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
