
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގެދޮރުވެރިކަމަށް މި އަހަރު ތެރޭގައި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯން ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގއ. މާމެންދޫއަށް ވަޑައިގެން މިރޭ އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެންމެ ގިނަ ރައްޔިތުންނަށް އެންމެ މުހިންމީ ގެދޮރުގެ މައްސަލަ ކަމަށާއި، ބޯހިޔާވަހިކަން ރަނގަޅު ގޮތުގައި ލިިބިގެން ދިއުމަށް ރައްޔިތުން އެދޭ ކަމަށެވެ. އަދި އެކަން މުހިންމު ކަމުގެ ސަބަބުން މެނިފެސްޓޯގައިވެސް އެކަން ކަނޑައެޅީ ކަމަށާއި، މި އަހަރަށް ފާސް ކުރި ބަޖެޓްގައިވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައެޅުއްވި ކަމަށް ރަައީސް ވިދާޅުވިއެވެ.
“މި އަހަރުގެ ބަޖެޓްގެ ތެރެއިން ގެދޮރުވެރިކަމަަށް އެކި ކަންކަން އެބަ ފަހިކޮށްދޭ، އެއް ކަމަކީ މިރަށް ފަދައިން ކޮންމެ ރަށެއްގައި ކުރިއަށް ގެންދެވޭނެ ފުރުސަތެއް، އެއީ އަޅުގަނޑުމެން މިހާރު ފުރުސަތު ހުޅުވާލާފައި އޮންނާނެ، ތިބޭފުޅުންނަށްވެސް އެޕްލައި ކުރެވޭނެ، %5 އިންޓަރެސްޓުގައި، އެއީ އިސްލާމިކް ފައިނޭންސް، ހައުސިންގ ލޯން ސްކީމެއް،”. އެމަނިކުފާނު ވިދާޅުވިއެވެ. އެ ލޯން ނަންގަވައިގެން، އަމިއްލަ ގޯތީގައި އަމިއްލައަށް ބޭނުންވާ ޑިޒައިނަކަށް މި ލޯނު ބޭނުންކޮށްގެން ގެ ބިނާ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވަނީ ކުރިއަށް އަންނަ ކޮންމެ އަހަރެއްގެ ބަޖެޓްގެ ތެރޭގައިވެސް 1،000 މިލިއަން ރުފިޔާ، އެއް ބިލިއަން ރުފިޔާ މި ލޯން ސްކީމަށް ކަނޑައެޅިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރިވޯލް ކުރެވޭ ފަންޑުގެ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯން މި އަހަރު އޭގެ ތެރެއިން ދޫކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
“އެއީ ރާއްޖޭގެ ހުރިހާ ރަށެއް، މިރަށް ހިމެނޭ ގޮތަށް، ފަޅުކޮށް ހުރި ގޯތި ނޫނިއްޔާ، ފަޅު ނޫނަސް ތިޔަބޭފުޅުންގެ އަމިއްލަ ގޯތީގައި ގެ އެޅުމަށްޓަކައި އެ ލޯން ނެންގެވޭނެ، %5، އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ، އެވަރަށް ލުއި ޓާމްސްތަކެއް ހުންނާނެ، ތިޔަބޭފުޅުންނަށް އެފޯޑް ކުރެވޭނެ، އަތް ފޯރާ ފަށުގެ ލޯން ސްކީމެއް، އަނެއްކާ އިސްލާމިކް ފައިނޭންސް މޮޑެލްގެ ލޯން ސްކީމެއް، އެއްވެސް ވަރަކަށް ދީނުގެ ހުއްދަ ނޫން އެއްވެސް ކަމެއް ނުހިމެނޭނެ،”، ރައީސް ވަނީ މި ލޯން ސްކީމްގެ ބޭނުން ހިއްޕަވައިގެން، ގޯތި ގެދޮރު އެޅުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
“ކޮންމެ އަހަރެއްގެ ބަޖެޓުން 1000 މިލިއަން ރުފިޔާ އިތުރަށް، ކޮންމެ އަހަރަކު އިތުރު ކުރެވޭނެ، އަދި އެ ރިވޯލް ކުރެވޭ ފަންޑަކަށްވާތީ، އިފެކްޓިވްލީ މޯ ދެން ޓޫ ބިލިއަން، ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯން އިތުރަށް ދޫކުރެވޭނެ، ހުރިހާ ބޭންކްތަކާއެކީ ސޮއިކޮށްފައި އަޅުގަނޑުމެން މިހާރު މި އޮތީ،”. ރައީސް ވިދާޅުވިއެެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
