
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގއ. މާމެންދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި، ހުއްޓިފައި އޮތް ނަރުދަމާ އެޅުމުގެ މަޝްރޫއާއި މަގު ހެދުމަށް އިސްކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްުޒު ވިދާޅުވެއްޖެ އެވެ.
މާމެންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އެރަށުގައި ފަށާފައި، ނުނިމި ހުރި މަޝްރޫއުތައް އަވަސް މުއްދަތެއްގައި ނިންމޭނެ މަގު ތަނަވަސްކޮށްދީ، ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ރަށުގެ މަގު ހެދުމަށް އިސްކަމެއް ދެއްވާނެ ކަމަށެވެ.
އެރަށުގެ މަގުތައް ހެދުމަށްޓަކައި ނަރުދަމާގެ ނިޒާމް އެޅުމަށް މިދިޔަ ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން މަސައްކަތް ފެށި ނަމަވެސް، އެ މަސައްކަތް އަދިވެސް ނުނިމެ އެވެ. އަދި އެ މަޝްރޫއުގެ ދަށުން ރަށުގެ މަގުތަކުގައި ވަޅު ކޮނެފައި ހުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައްވެސް ހިނގާފައި ވެއެވެ.
“މި މަޝްރޫއު (ނަރުދަމާ އެޅުމުގެ މަޝްރޫއު) ނުނިމިގެން ގޮސްފައިވާ މައްސަލައަށް އެއްކޮށް ހައްލުކޮށްދީ އެމަސައްކަތް ކުރެވޭނެ ގޮތް އަޅުގަނޑު ހަމަޖައްސަދީ ލަސްތަކެއް ނުވެ އަލުން ފަށައިދީ ބާރު ސްޕީޑުގަ ގެންގޮސް ނިންމަދޭނަން. އެޔަގީންކަން ދެން. އެ މަސައްކަތް ހަމަ ނިމޭތަނުން މަގު ހެދުމުގެ މަސައްކަތް ފަށައިދޭނަން. އެވެސް ސޮއި ކޮށްފައި އޮތް މަޝްރޫއެއް. …. އެޔަގީންކަންވެސް ދެން” ރައީސް ވިދާޅުވިއެވެ.
މާމެންދޫގެ ރަށްގިރުމުގެ މައްސަލައަކީ “އިންތިހާއަށް ބޮޑުވެފައި އޮތް މައްސަލައެއް” ކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމައްސަލައަށް އެރަށު ކައުންސިލާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ހައްލު ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން ދާއިމީ ހައްލެއް އެކަމަށް ލިބެން ދެން، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބޮޑު ހިލަ ބޭނުންކޮށްގެން ވަގުތީ ހައްލެއް ގެނެސްދިނުމަށް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއަށްފަހު އެކަމަށް ދާއިމީ ހައްލު ހޯދައިދިނުމަށްޓަކައި ބޭނުންވާ ހުރިހާކަމެއް ފަހިކޮށްދީ، ކައުންސިލަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާމެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކަކީ ނަރުދަމާ ނުނިމި ހުރުމާއި، މަގު ހެދުމާއި ރަށް ގިރުމަކީ މިވަގުތަށް އެންމެ ބޮޑު އިސްކަމެއް ދީގެން ސަރުކާރުން ހައްލު ގެނެސްދޭނެ ކަންކަން ކަމަށެވެ. އަދި “އެއާ އެކީގަ ދެން ހުރި ކަންކަމަށްވެސް ހައްލު ގެނައުމުގެ ކަންކަން ކުރިއަށް ގެންދާނަން،” ކަމުގައި ރައީސް ވިދާޅުވިއެވެ.
މާމެންދޫގައި ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތައް:
- ސިއްހީ މަރުކަޒުގެ ވަސީލަތްތައް ފުރިހަމަކޮށް، ލެބޯޓްރީގެ ޚިދުމަތާއެކު 24 ގަޑިއިރު ޚިދުމަތް ލިބޭ ތަނަކަށް ހެދުން
- ސްކޫލުގައި މަލްޓި ޕާޕަސް ހޯލެއް އިތުރުކުރުން.
- ވޮލީ ކޯޓުގެ މަސައްކަތް
- ފުޓްސަލް ދަނޑު މަރާމާތުކުރުން
- ފުޓުބޯޅަ ދަނޑުގައި ޓާފު އެޅުން
- ބޭރު ތޮށްޓެއް ލައި، ބަނދަރުގެ ޖާގަ އިތުރުކުރުން
- ކުނި މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
