
އުމްރާގެ އަޅުކަމަށް ސައުދި އަރަބިއްޔާގެ މައްކާއަށް ގޮސް އެނބުރި ނާދެވިފައި ތިބި އުމްރާވެރިން އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސަައްކަތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ. ސައުދީގައި ތާށިވެފައި ތިބި ހިޖްރާ އުމްރާ ގްރޫޕްގެ އުމްރާވެރިންގެ ތެރޭގައި 24 މީހަކު ހިމެނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އެ މީހުން ތާށިވެފައި ތިބިކަން އެނގުމާއެކު އިސްލާމީ ކަންތައްތަކާއި ބެހެ ވުޒާރާ އާއި ކަމާ ގުޅުން ހުރި އެހެން އިދާރާތަކާއި ކުންފުނިތަކުން އެ މީހުންނަށް އެހީވުމުގެ މަސައްކަތް ވަނީ ފަށައިފިއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމުގެ ކަންކަން ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިރުޝާދުގެ ދަށުން ހައްޖު ކޯޕަރޭޝަނުން ކުރަމުންދާ ކަަމަށެވެ. ޝަކީލްގެ އެ ޕޯސްޓާއި ގުޅިގެން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ “މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވަރުގަދަ ކަމާއެކު ވުޖޫދުގައި އޮންނަންޖެހެނީ ކީއްވެގެންކަން ޙާލުގެ ދުލުން ނުކިޔައިދޭތޯ؟ ހައްޖު ކޯޕަރޭޝަނާ މެދު ދިވެހިން އުފާވާންވާނެ،”. ކަމަށެވެ.
އެ އުމްރާ ގްރޫޕްގެ ފަރާތުން ދިޔަ މީހަކު މީސް މިޑިއާގައި ބުނެފައި ވަނީ އޭނާއަކީ އެ ގްރޫޕްގެ ފަރާތުން އުމްރާއަށް އައިސް ހުރި މީހެއް ކަމަށެވެ. އަދި މި ގްރޫޕްގައި އޭނާއާއެކު 25 ވަރަކަށް މީހުން އައިސް މައްކާގައި ތިބި ކަމަށްވެސް ބުނެފައި ވެއެވެ. “ކުޑަކުޑަ ތުއްތު ކުދިންވެސް އެބަތިބި، އަޅުގަނޑުމެން ރާއްޖެއިން ފުރުމުގެ ކަންތައް ދިޔައީ ވަރަށް ހާލުގައި، ތަޅުވާ ތަޅުވާފައި އަޅުގަނޑުމެން ތިން ބައި ކޮށްފައި ތިން ފްލައިޓަކުން މައްކާއަށް ފޮނުވީ، މައްކާގައި އަޅުގަނޑުމެން ތިއްބާ އެއް ރޭ ދަންވަރު އަޅުގަނޑު ހޮޓަލުންވެސް ބޭރުކޮށްލި”.’
އެ މީހާ ބުނެފައި ވަނީ މިހާރު އުމްރާގެ ހުރިހާ ކަމެއް ނިމި މިތިބީ ރާއްޖެ ނުދެވިފައި ކަމަށެވެ. “އެއްވެސް މީހަކަށް ރިޓާން ޓިކެޓެއް މި މީހުން ނުދޭ، އަދި ޓިކެޓް ނުވެސް ނަގާ އަދިވެސް، ޗުއްޓީ ހަމަވެގެން ޑިއުޓީއަށް ދާން ޖެހޭ ބަޔަކު ޑިއުޓީއަށް ނުދެވިފައި މިތިބީ، ސްކޫލް ހުޅުވިގެން ކިޔަވަން ނުދެވިފައި ކުޑަކުދިން އެބަ ތިބި.”.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
