
މިއަދު ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައިވަނީ ކަނޑުހުޅުދޫ އަށް ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުޑަކުއްޖަކު ދިއްކޮށްލި ނޯޓެއްގައި އޮތްކަމެއް ފުރިހަމަ ކޮށްދެއްވި ޚަބަރުންނެވެ. ކަނޑުހުޅުދޫ އަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޑަކުއްޖަކު އެދިލެއްވި އެހެން ކަމެއްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވަނީ މިއަދު ކޮށްދެއްވާފައެވެ.
މީސްމީޑިޔާގެ މަންސަތަކުގައި އާއްމުވެފައިވާ ވީޑިޔޯއަކުން ފެންނަ ގޮތުގައި ރައީސް އަށް މަރުހަބާ ދެންނެވުމަށް އެރަށުން އަތުރާލާފައިވާ ސަފުގެ ތެރެއިން ކުޑަކުއްޖަކު ވަނީ ރައީސްގެ ސޮއި ހޯއްދެއްވުމަށް އެދިފައެވެ. އެހެންނަމަވެސް، އެކުއްޖާ ބޭނުންވީ ކަނާތުން ރައީސް ސޮއިކުރެއްވުމަށެވެ. ވީޑިޔޯ އިން ފެންނަ ގޮތުގައި ސަފުގައި އެތުރިގެން ތިބި ކުޑަކުދިންތަކެއް ވަނީ ރައީސް އަރާހަމަވެވަޑައިގެންނެވުމުން ކަރުދާސްކޮޅަކާއި ގަލަމެއް ދީ، ކަނާތުން ސޮއިކުރެއްވުމަށް އެދިފައެވެ. ރައީސް ޑރ. މުއިއްޒު އަކީ ވާތްތެރި ބޭފުޅެއްކަމުގައިވާތީ، ކަނާތުން ސޮއިކުރެއްވުމަށް އެދުނީ މި ސަބަބާ ގުޅިގެންކަމަށް ބެލެވެއެވެ. ސޮއިކުރެއްވުމަށްފަހު، ރައީސް ވަނީ “ރަނގަޅުތޯ”، އެކަމަށް އެދުނު ކުދިންގެ ކިބައިން ސުވާލުކުރައްވާފައެވެ.
This young boy from GA. Kanduhulhudhoo requested Raees to sign his autograph with his right hand 😅 pic.twitter.com/QF4zWFbvCa
— Malsha (@malshasharyf) January 8, 2025
މީގެއިތުރުންވެސް، ކަނޑުހުޅުދޫން ކުޑަކުއްޖަކު ވަނީ، ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އެކުއްޖާގެ ބައްޕައާ ބައްދަލުވާނެ ގޮތް ހައްދަވައިދެއްވުމަށް އެދިފައެވެ. ރައީސްގެ އިސްނެންގެވުމުގެ މަތިން، މި އެދުންވެސް ރައީސް ވަނީ ފުރިހަމަކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ހުވަދު އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދަނީ އެރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލުކޮށް، ރަށްރަށަށް ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
