
ރާއްޖޭގެ ރަށްތައް އުފެދިފައި ހުންނަ ގޮތުން ކޮންމެ ރަށެެއްގައި އެންމެ އެކަށީގެންވާ ވަޒީފާތައް އަދާކުރުމަކީ އުނދަގޫ ކަމެކެވެ. އާއިލާގެ ކައިރީގައި، ދަރިންގެ ހެދި ބޮޑުވުމުގެ ދުވަސްވަރު ކައިރީގައި ހުރުމަކީ އެހެންނަމަވެސް، އެތައް ބައެއްގެ އުންމީދެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ހުވަދު އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދިމާވީ ތަފާތުކަމަކާއެވެ.
މަރުޙަބާ ދެންނެވުމަށް ގދ. ކަނޑުހުޅުދޫ ބަނދަރު ސަރަހައްދަށް އެއްވެފައި ތިބި ރައްޔިތުންނާ ސަލާމް ކުރައްވަމުން ދަނިކޮށް ކުޑަކުއްޖަކު، ކަރުދާސްކޮޅެއް ދިއްކޮށްލެއްވިއެވެ. ސަލާމް ކުރައްވާ އަވަދިވެގެން ރައީސް ބޭނުންފުޅުވެލެއްވީ ކަރުދާސް ކޮޅުގައި އޮތީ ކޮންކަމެއްތޯ ބެއްލެވުމަށެވެ. ކޮންމެ ދަތުރުފުޅެއްގައިވެސް ރައީސަށް އެތައް ރައްޔިތުންނެއް އެތައް ކަމެއް ދަންނަވައެވެ. އެހެންނަމަވެސް، މި ފަހަރުގެ އެދުން ތަފާތެވެ. ކުޑަކުއްޖާ، އާޔަލްގެ އެދުމަކަށްވީ އެއަތޮޅު އެހެން ރަށެއްގެ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުންދާ އޭނާގެ ބައްޕަ އާ ބައްދަލު ކޮށްދިނުމެވެ.
ރައީސް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި އެދުން ހަގީގަތަކަށް ހައްދަވާ ދެއްވާފައެވެ. އާޔަލްގެ ބައްޕައާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސާ ދެއްވިއެވެ. މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިފާން ވިދާޅުވީ އެ ކުއްޖާ އަށް އެއް އަހަރުން ފެށިގެން ބައްޕަ އުޅެނީ ރަށުން ބޭރުގައި ކަމަށް ވުމުން، ރައީސް ބޭނުންފުޅުވީ ރައީސް އެ ރަށުން ފުރާވަޑައިގަތުމުގެ ކުރިން ވާންއޮތްކަމެއްނަމަ ބައްޕަ އާއި ކުއްޖާއާ އެކު ބައްދަލުވާނެ ފުރުސަތު އޮތްތޯ ބެއްލެވުމަށް ކަމަށެވެ. އަދި ކުއްޖާގެ ބައްޕަ ހުރީ ކައިރި ރަށެއްގެ ޕޮލިސް ސްޓޭޝަނެއްގައިކަމުން އެވަގުތަށް އެކަން ފުލުހުންގެ ހިދުމަތުން ހަމަޖައްސައިދީފައިވާކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ، މިކަމުގައި، އެ ޚިދުމަތުގެ މުވައްޒަފުންނާމެދު ޢަމަލުކުރަމުންދާ އުސޫލުތަކާއި ތަފާތު ގޮތަކަށް ޢަމަލުކޮށްފައިނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އާޔަލްގެ ބައްޕަ ރަށަށް އައުމުން، ކުއްޖާ އަދި އާއިލާއިން ވަނީ ބަނދަރަށް ގޮސް ހޫނު މަރުހަބާއެއް ކިޔާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
