
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގއ. ނިލަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް މިއަަހަރުގެ ތެރޭގައި ހައްލު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު އުތުރުބުރީ ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކަނިކުފާނުގެ އަމާޒަކީ އެރަށަކަށް ތަރައްގީ ގެންނަ އިރު އެތަރައްގީއަކި ރައްޔިތުން އެދޭފަދަ ތަރައްގީއަކަށް ވުން ކަމަށެވެ. އެގޮތުން ނިލަންދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަން ކަމަށް ރައީސް ވަނީ އަލިއަޅުއްވާފައެވެ.
ރައީސް ވިދާޅުވީ ނިލަންދޫގެ ބަނދަރަށް ދިމާވެފައިވާ ދަތިކަމަކީ އެރަށުގެ ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވާ ކަމެއް ކަމަށާއި ބަނދަރު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި “ރައްޔިތުން އެދޭ ގޮތަށް އެކަން އަޅުގަނޑު ކޮށްދޭނަން” ކަމަށެވެ. “މިރަށުގެ ދަނޑުވެރިންނާއި، އަދި މިރަށުގެ ޖުމްލަކޮށް މަސައްކަތުގަ އަދި ދިރިއުޅުމުގަ ވަރަށް މުހިއްމު ރަށުގެ ހިމާޔަތްކަން. ރަށުގެ ރަށްގިރުމުގެ މައްސަލައަށް ހައްލެެއް ގެނެސްދިނުން އަދި ރަށުގަ އެކި އެކި މަސައްކަތްތައް ކުރުމުގައިވެސް ގިރާ ސަރަހައްދު ހިމާޔަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް” ރައީސް ވިދާޅުވިއެވެ.
އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްވެސް އޮތީ މެދުކެނޑިފައެވެ. އެމަނިކުފާނު ވިދާޅުވީ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއާއެކު އެރަށުގައި މިހާރު ހިނގަމުންދާ އަދި ނުނިމި ހުރި އެކި ދާއިރާގެ މަޝްރޫއުތައްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. ޚާއްސަކޮށް ފުޓްސަލް ދަނޑު އަޅައިދިނުމަށްވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. “ފުޓްސަލް ދަނޑުގެ މައްސަލަ އެންމެ އަވަސް ގޮތެއްގަ ހައްލުކުރުމަށް އަޅުގަނޑުމެން ކަންތައްތައް ފަހިކޮށްދޭނަން. ސްކޫލުގެ ކުރިއެރުމަށްވެސް މުހިއްމު ކަންތައްތައް ކުރަން އެބަހުރި” ރައީސް ވިދާޅުވިއެވެ.
ނިލަންދޫގެ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އަޅުއްވައިދެއްވުމަކީ އެމަނިކުފާނުގެ ކެމްޕެއިން ވައުދުފުޅެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ “އެ ވައުދު މަތިން ވަރަށް ރަނގަަޅަށް ހަނދާން އެބަހުރި” ކަމަށެވެ. އަދި އެ ވައުދު ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
