
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގއ. ކަނޑުހުޅުދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގެ ބަނދަރާއި ސްކޫލާއި ސިއްހީ މަރުކަޒުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެެއްވައިފިއެވެ. ކަނޑުހުޅުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރަކީ ގިނަ މައްސަލަތަކަކަށް ދާއިމީ ގޮތެއްގައި ރަނގަޅު ހައްލެއް ގެނެސްދޭނެ އަހަރެއް ކަމަށެވެ. އެގޮތުން ބައެއް ކަންކަމަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަންކަމުގައި ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ ކަނޑުހުޅުދޫ ބަނދަރުގެ ޖާގަ ކުޑަ ވުމުގެ މައްސަލައަކީ ވަރަށް މުހިންމު މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ބަޖެޓްގެ ތެރެއިން އަމަލީ ގޮތުން އެ މަސައްކަތް ފަށައި އެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަންދެއްވާކަމަށް ވިދާޅުވިއެވެ. ކައުންސިލާއި މިނިސްޓްރީއިން މަޝްވަރާ ކޮށްގެން އެކަމުގައި ކައުންސިލުން ބޭނުންވާ ގޮތަށް ބަނދަރު މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
” ސްކޫލްގެ ޖާގައިގެ ދަތިކަން. އެގޮތުން ސްކޫލްގެ ހޯލުގެ މަސައްކަތް ނުހިނގާ ލަސްވެގެންދާ މައްސަލަ ހައްލުކޮށް. ކްލާސްރޫމްގެ ޖާގަ އިތުރުކުރުން. ޖުމްލަކޮށް ސްކޫލްގެ ކެޕޭސިޓީ އިތުރުކުރުން. ސްކޫލަށް މަލްޓިޕާޕަސް ހޯލާއި. އަޅަމުންދާ ކްލާސްރޫމްތަކުގެ އިތުރަށް ވެސް އަޅުގަނޑު ގަބޫލްކުރަނީ މި ސްކޫލްގައި އިތުރު ކްލާސްރޫމް އެޅުމަކީ ކުރަންޖެހޭ ކަމެކޭ. އެހެންވީމަ މިހާރު މަސައްކަތް ކުރަމުންދާ މަޝްރޫގެ ސްކޯޕްގެ އިތުރަށް ވެސް ކްލާސްރޫމްތައް ހިމަނައިގެން މި ރަށުގައި ކްލާސްރޫމާއި އަދި މަލްިޕާޕަސް ހޯލް ނިންމަދޭނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ކަނޑުހުޅުދޫއަށް ވެލެއްވި އިތުރު ވައުދުތައް:
- ފުޓްސެލްދަނޑުގައި ފެންސް ޖެހުން
- ފުޓްސެލްދަނޑުގައި ކުޅިވަރު ބަލަން ތިބޭނެ ޖާގަ އިތުރުކުރުން
- ފުޓްބޯޅަދަނޑުގެ ޓާފް ބަދަލުކޮށް އެތްލެޓިކްސްއަށް ބޭނުންކުރެވޭގޮތަށް ތަރައްގީކުރުން
- އަންނަ އަހަރު ބިން ހިއްކުމުގެ މަޝްރޫއެއް ފެށުން
- ބިން ހިއްކާ ނިމުމުން ރޯ ހައުސްގެ މަޝްރޫއެއް ފެށުން
- ސީއެމްބިއުލެންސްގައި ހުރި ދަތިތަކަށް ހައްލެއް ގެނައުން

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ މި އަހަރުގެ ބަޖެޓްގައި ދެވަނައަށް އިސްކަންދެނީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ކަމަށެވެ. އެގޮތުން ކަނޑުހުޅުދޫގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ އެކިއެކި ކަންތައްތައް އެބަހުރި ކަަމަށާއި ކުދިކުދި ކަންކަމުން ގޮސް މުހިންމު ކަންކަމާ ހަމައަށް މައްސަލަ އެބަހުރި ކަމަށެވެ. އެގޮތުން އެރަށުގެ ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތް ދެވޭނެ ފެންވަރަށް އެތަން ތަރައްގީކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުން އެދިފައިވާ ކަންކަމަށް އިޖާބަދީ މި އަހަރުގެ ތެރޭގައި ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.
ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށާއި އަދި އެކަމުން ރައްޔިތުންނަށް ފުރިހަމަ އުފާވެރިކަން ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސީ-ޓު-އެއަރ ކާގޯ: މިދިޔަ މަހު 7 ޤައުމަކަށް 162 ޓަނުގެ މުދާ
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިދިޔަ މޭ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 5 އެއާލައިނެއްގައި 7 ޤައުމަކަށް 162 ޓަނުގެ މުދާ...
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާބެހޭ ވުޒާރާ) މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވުމާ ގުޅިގެން މަހުގެ ޑިމާންޑް އިތުރުވެ، މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކަށް 20...
އޮސްޓްރޭލިއާ ފަތުރުވެރިންގެ އަދަދު މައްޗަށް
އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %16 އިތުރުވެ، އެ ގައުމު މިހާރު ވަނީ ރާއްޖޭގެ މާކެޓުގެ 9 ވަނައަށް...
މިފްކޯގެ ސީއީއޯ ގދ.ތިނަދޫ މަސްވެރިންނާ ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައިފިއެވެ. މި ޒިޔާރަތަކީ މިފްކޯގެ މަރުކަޒުތަކުގެ...
“ކަނޑުތަކުގެ ދިރާސާކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ) މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިނާރެހަކީ ކަނޑުތައް ކަމަށްވީނަމަވެސް، މޫސުމަށް...
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
