
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު، މަސްވެރި ކޮމިއުނިޓީތަކުން ވަރަށް ބޮޑަށް ބަލައިގަންނަކަމަށާއި، 2025 ވަނަ އަހަރު ވެގެންދާނީ މި ސިނާއަތުގެ ތަރައްގީގައި ކުލަ ޖެހިގެންދާ އަހަރަށްކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމް މިހެން ވިދާޅުވެފައިވަނީ ރައީސް މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭގޮތުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
“ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އެންމެ މަސްވެރިން ގިނަ ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ގިނަ ރަށްތަކަކަށް ދަތުރުކުރެއްވި އިރު ފާހަގަކުރެވުނު އެއްކަމަކީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ރައީސް ކުރައްވަމުން ގެންދަވާ ކަންކަމާ އަދި ކުރައްވަން ރާއްވަވާފައިވާ ކަންކަން މަސްވެރި ކޮމިއުނިޓީ ތަކުން ވަރަށް ބޮޑަށް ބަލައިގަންނަކަން.” ވަޒީރު ވިދާޅުވެފައިވެއެވެ. މީގެއިތުރުންވެސް ވަޒީރު ވަނީ މި ދަތުރުފުޅުގެ ތެރެއިން ހުވަދު އަތޮޅު ދެކުނުބުރީގެ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، އަދި ފިޔޯރީގެ ރައްޔިތުން ރައީސަށް ކިޔުއްވި މަރުޙަބާއަށް ޝުކުރު ދަންނަވާފައެވެ.
ރައީސުލް ޖުމްހޫރިއްޔާ ރާއްޖޭގެ އެންމެ މަސްވެެރިން ގިނަ ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ގިނަ ރަށްތަކަކަށް ދަތުރުކުރެއްވި އިރު ފާހަގަކުރެވުނު އެއްކަމަކީ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ރައީސް ކުރައްވަމުން ގެންދަވާ ކަންކަމާ… pic.twitter.com/V9LN3dSDuV
— Ahmed Shiyam (@Shiyamaldives) January 8, 2025
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ އެންމެ ފުރަތަމަ ދެ ދުވަހުވެސް އެންމެ ގިނައިން މަސް ކިރުވާފައިވަނީ ހުވަދު އަތޮޅުންނެވެ. އެގޮތުން ހުވަދު އަތޮޅު ދެކުނުބުރިން 22 ދޯންޏަކުން 92.6 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު، ހުވަދު އަތޮޅު އުތުރުބުރި 20 ދޯންޏަކުން 80.7 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މިހާރު މިފްކޯއިން ދަނީ މަސްކިރާތާ ދެ ދުވަސްތެރޭ ކިރުވި މަހަށް ފައިސާ ދޫކުރަމުންނެވެ. އަދި މަސްވެރިކަމަށް ބޭނުންވާ ތެޔޮ ކްރެޑިޓަށް ދޫކުރުމުގެ މަސައްކަތްވެސް މިފްކޯއިން ދަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
