
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުން އެގްރޯނެޓް ކުންފުނި އުވާ ނުލާ ފުޅާ ކުރަން ނިންމާފައިވާ ކަމަށާއި، ދަނޑުވެރިކަމަކީ ރާއްޖޭގައި ވަރަށް ރަނގަޅަށް ހިންގޭ ފުޅާ ކުރެވޭ ސިނާއަތަކަށް ހެދުން އެއީ މައިގަނޑު ސިޔާސަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގއ. ނިލަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަަކަފުޅު ދައްްކަވަމުން ރައީސް ވިދާޅުވީ، އެގްރޯނެޓް އުވާ ނުލާ، އެސްޓީއޯއިން ހިންގަމުންދާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތަށް ބަދަލު ކޮށްފައިވާ ކަމަށެވެ. “އަޅުގަނޑުމެން އެގްރޯނެޓް ކުންފުންޏެއް އުވައެއް ނުލަން، ކޮންމެވެސް ވަރަކަށް ބައެއް މީހުން އެކަމުގައި ހަގީގަތަކަށް ނޫން ގޮތަކަށް ވާހަކަ ދައްކަމުން އެ ގެންދަނީ، އެގްރޯނެޓް އަޅުގަނޑުމެން އެސްޓީއޯއާއެކު އުފައްދާފައި އޮތް ކުންފުންޏެއް އޮންނާނެ، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ކިޔާ ސަރުކާރުގެ %100 ހިއްސާވާ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏަކަށް މި ބަދަލު ކުރީ،”
ރައީސް ވިދާޅުވީ، އެގްރޯނެޓް އޮންނާނެ ކަމަށާއި، އެ ކުންފުނީގެ މަސައްކަތް ހިނގާ ގޮތް ހަރުދަނާ ކުރުމަށްޓަކައި ބޮޑަށް، އިތުރަށް ފުޅާ ކުރަން ނިންމީ ކަމަށެވެ. އެހެންކަމުން އެގްރޯނެޓްގެ ތެރެއިން ނޫނިއްޔާ އެ ނިޒާމުގެ ތެރެއިން ރާއްޖޭގައި ދަނޑުވެރިކަން ފުޅާ ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަަމަށް ރައީސް ވިދާޅުވިއެވެ. “ދަނޑުވެރިކަމަކީ ރާއްޖޭގެ އިގްތިސާދު ޑައިވާސިފައި ކުރުމަށް، ބަލާއިރުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭ ދާއިރާ، އެހެންވީމަ އެކަން މިހާރަށް ވުރެ ރަނގަޅު ކުރުން އަޅުގަނޑުމެންގެ ވިސްނުމަކީ،”، ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެއަށް ބޭނުންވާ ވަރަށް، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތައް އުފެއްދުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ކަމަށެވެ. އޭގެ އިންވެސްޓްމެންޓްތަކަށް ފުރުސަތުދީ، އެކަހަލަ އިންވެސްޓެމެންޓްތަކެއް ރާއްޖޭގައި ގާއިމް ކުރުމަށް ވަރަށް ބާރަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ. “އެހެންވީމަ ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން ރާއްޖޭގައި، ދަނޑުވެރިކަމުގެ ސިނާއަތް މިއަދާއި ހަމައަށް އޮތް ހިސާބަށްވުރެ އެތައް ގުނައަކުން ރަނގަޅުކޮށް، ދަނޑުވެރިކަމަކީ ރާއްޖޭގައި ވަރަށް ރަނގަޅަށް ހިންގޭ ފުޅާ ކުރެވޭ ސިނާއަތަކަށް ހެދުން އެއީ އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކީ،”. ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެމަނިކުފާނުގެ ވާހަކަފުޅުގައި ދަނޑުވެރިކަމަށް ހާއްސަ ވުޒާރާއެއް ގާއިމް ކުރެއްވީވެސް އެހެންވެގެންކަން ފާހަގަކުރެެއްވިއެވެ. “އެހެންވީމަ މިރަށުގެ ދަނޑުވެރިންނަށްވެސް ދޭން ބޭނުންވަނީ އެ ޔަގީންކަން، އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށްވެސް އެ ޔަގީންކަން އަޅުގަނޑު ދެން،”. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދަނޑުވެރިންގެ ޕްރޮޑަކްޓްތައް ވިއްކުމަށްޓަކައި ކަންކަން ހަމަޖައްސާ ދިނުމަކީ ރައްޔިތުން އެދޭ ކަމަކަށްވާއިރު، އެގްރޯނެޓްގެ މެކޭނިޒަމްގެ ތެރެއިން ވިޔަސް، ރަމަޟާން މަސް އަންނަން ވާއިރަށް، ރަނގަޅު ހައްލެއް ހޯދުމަކީ ރައްޔިތުން ވަރަށް އެދޭ ކަމެއް ކަމަށެވެ. ރައީސްގެ ވާހަަކަފުޅުގައި ވަނީ އެކަމަށް ޖުމްލަކޮށްވެސް ދާއިމީ ހައްލެއް ލިބެން ޖެހޭ ކަންވެސް ފާހަގަަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
