
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބޮޑު ހިލަ ނުލިބިގެން މަސައްކަތް ހުއްޓިފައިވާ ރަށްރަށަށް ބޭނުންވާ ބޮޑު ހިލަ ބަލްކްކޮށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރަތަފަންދޫ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވީ އެރަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު މިއަހަރު ފެށިގެންދާނެ ކަމަށާއި ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލެއް ހޯދައިދޭނެ ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި ހުއްޓިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކުކޮށް ގެންނަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
“އެމްޓީސީސީއާ ހަވާލުކުރެވިގެން ފެށިފައި އޮތް ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު މެޓީރިއަލްގެ ތާށިކަމާހެދި، ފައިސާގެ ތާށިކަމާ ހެދި މަޑުޖެހިފައި އެހެރީ. މިގޮތަށް އެބަހުރި އެހެން ރަށްތަކުގައިވެސް މަސައްކަތްތައް މަޑުޖެހިފައި. އަޅުގަނޑުމެން މި ބަލަނީ މިގޮތަށް ހުއްޓިފައި ހުރި ހުރިހާ ރަށަކަށް ބޭނުންވާ ތަކެތި ހަމަކުރަން. ބޮޑުހިލަ އެންމެ ގިނަރަށްތަކުގެ މަސައްކަތް ހުއްޓިފައި އޮތް ސަބަބަކީ ބޮޑުހިލަ ނުލިބުން. މިދިޔަ ހަފްތާތެރޭގައި އަޅުގަނޑުމެން ގޮތްތަކެއް ރާވައިފިން ހުރިހާ ރަށްތަކަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ރާއްޖެ ގެންނަން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ގިނަ ރަށްތަކުގައި ޝޯ ޕްރޮޓެކްޝަންއަށް ބޭނުންވާ ބޮޑު ހިލަ ނުލިބިގެން މަޝްރޫއުތައް ވަނީ ހުއްޓިފައެވެ. އެހެންކަމުން މި މައްސަަލައަށް ހައްލެއް ހޯދައިދިނުމަށް ހުރިހާ ރަށަކަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެނައުމަށް ކަމާއި ގުޅުން ހުރި އިދާރާތަކަށް އަންގައި އެކަމަށް ބޭނުންވާ ފައިސާ ނިމިދިޔަ ހަފްތާގައި ހަމަޖައްސާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“މިހާރު ވަނީ ކަންތައްތަކެއް ރޭވިފަ ކަންތައްކުރާނެ ގޮތްތަކެއް ފައިސާވެސް ހަމަޖައްސައިދީފަ އޮންނާނީ މިދިޔަ ހަފްތާ ނިމުނުއިރުގަ.” ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ބިންހިއްކައި ތޮށިލައި އަދި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ނިމި ރަށްގިރުމުގެ މައްސަލައަށް މި ސަރުކާރުން ހައްލެއް ހޯދައިދޭނެ ކަމަށާއި މި މަސައްކަތް ނިމިގެންދާއިރު ރަށުގައި މޫދަށް އެރިލާ މަޖާކޮށްލާން ތިބޭނެ ހިތްފަސޭހަ ސަރަހައްދެއް އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
