
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސަޖިދާ މުޙައްމަދުގެ އަރިހަށް، ވެސްޓާން އޮސްޓްރޭލިއާގެ ގަވަރުނަރު އޮނަރަބަލް ކްރިސް ޑޯސަންގެ އަނބިކަނބަލުން ރިލިން ޑޯސަން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ފަސްޓް ލޭޑީ ވަނީ މިސިސް ޑޯސަން އަށް މަރުހަބާ ވިދާޅުވެ، ގަވަރުނަރު ޑޯސަން އާއި އެކަމަނާއަށް ރާއްޖޭގައި ހިތްގައިމު ދަތުރަކަށް އެދިވަޑައިގެންފައެވެ. އެކަމަނާ ވަނީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ގާތް ގުޅުމާއި އެއްގައުމު އަނެއް ގައުމަށް ދޭ އެއްބާރުލުމުގެ އަގުވަޒަން ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ގަވަރުނަރުގެ އަނބިކަނބަލުން ވަނީ ދެގައުމަށް ތައުލީމީ ރޮނގުން ލިބިފައިވާ ކާމިޔާބީތަކާއި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އިތުރަށް ތަޢުލީމީ ދާއިރާ ކުރިއެރުވުމާއި، ކުޑަކުދިންނާއި އަންހެން ކުދިންނަށް އުނގެނުމުގެ ފުރުޞަތުތަކާއި، އިންކްލޫސިވް އެޑިޔުކޭޝަންގެ މުހިންމުކަމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. މީގެ އިތުރުން އޮސްޓްރޭލިއާގައި މަތީ ތައުލީމު ހާސިލްކުރާ ދިވެހި ދަރިވަރުންގެ އަދަދު އިތުރުވަމުންދާތީ އާއި އޮސްޓްރޭލިއާ އެވޯޑްސްގެ ސްކޮލަޝިޕްތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޞިއްޙީ ދާއިރާގައި މެޑަމް ސާޖިދާގެ ގެ ދައުރު ފާހަގަކުރައްވައި، އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް މިސިސް ޑޯސަން ވަނީ ތަޢުރީފު ކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
