Read Time:2 Minute, 2 Second

 

 

މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނައިބު ރައީސް މުޙައްމަދު ޝަފީޤު މަޙްމޫދު ވިދާޅުވެއްޖެއެވެ. “އޮކިޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ” ޝިއާރުގެ ދަށުން ބޭއްވި އެޗްއާރްސީއެމް – ސީއެސްއޯ ޕާޓްނަރޝިޕް ފޯރަމްގައި ވާހަކަދައްކަވަމުން ޝަފީޤު ފާހަގަކުރެއްވީ، މަސައްކަތްތެރިންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މުޖުތަމައު ހޭލުންތެރިކުރުވުމާއި ޖަމިއްޔާތަކުގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ. އަދި މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޒުކުރުމުގައާއި، ދިމާވާ ގޮންޖެހުންތަކަށް އައު ޚިޔާލުތައް ހޯދުމުގައި މިފަދަ ފޯރަމްތަކުން ބޮޑު އެހީތެރިކަމެއް ލިބޭނެކަން އެޗްއާރްސީއެމުން ހާމަކުރެއެވެ. 30 ފަރާތަކުން ބައިވެރިވި މި ފޯރަމަކީ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަމިއްޔާތަކާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ފެށުމެކެވެ.

 

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %