
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޤައުމުގެ ކުރިއެރުމަށްޓަކައި އައު ޓެކްނޮލޮޖީތަކަށް އަހުލުވެރި، ރައްކާތެރިކަމާއެކު އެ ތަކެތި ބޭނުންކުރަން ދަންނަ އާބާދީއެއް ބިނާކުރުން މުހިންމުކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. “މޯލްޑިވްސް 2.0” މަގުޗާޓުގެ ދަށުން ފެށި “ޑިޖިޓަލް ފޯރ އޯލް” ކެމްޕޭނަކީ ރައްޔިތުންގެ ޑިޖިޓަލް ހުނަރުތައް ކުރިއަރުވައި، އިޤްތިސާދީ އަދި އިޖްތިމާޢީ ނަފާ ހޯދައިދިނުމަށް ކުރިއަށްގެންދާ ޤައުމީ ހަރަކާތެކެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި ވަސީލަތްތައް ޤާއިމުކުރުމަކުން ޤައުމެއް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް އެ ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ ޤާބިލުކަން ރައްޔިތުންގެ ކިބައިގައި ހުރުމަކީ ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫޢުގެ މަޤްޞަދަކީ އެއްވެސް މީހަކު ބާކީނުކޮށް، އޭ.އައި ފަދަ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި “ޑިޖިޓަލް ފަސްޓް” ޤައުމެއް ބިނާކުރުމެވެ.
About Post Author
މާދަމާ ނިއުސް
“ރައްޔިތުންގެ އަޑު” އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މާފަންނު ދެކުނު، އުނގޫފާރު،...
ބަރުދަން ލުއިކުރަން ސައްޙަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް...
“ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް...
ސަރަޙައްދީ އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަށް ގިނަ މަސައްކަތްތަކެއް
ރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ހެދުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިގުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ޖަޕާނު...
“އަމާޒަކީ ރާއްޖެއާއި ޖަޕާނުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުން”
ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކޮށް، ދެޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ޖަޕާނު އެމްބަސީން ބޭއްވި...
މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން) ގައުމީ އެއާލައިން މޯލްޑިވިއަންގެ ފެންވަރު ރަނގަޅުކޮށް، ދުނިޔޭގެ ބޮޑެތި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް...
