
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 86 އިންސައްތައިގެ އިތުރުވުމެކެވެ. މި ހޭދަ އެންމެ ބޮޑަށް އިތުރުވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ބޮޑުވުމުންނެވެ. އެގޮތުން ތެލުގެ ސަބްސިޑީއަށް އެކަނިވެސް 1.8 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ކަރަންޓު، ކުނި މެނޭޖުކުރުން، ދަތުރުފަތުރު އަދި ކާބޯތަކެތީގެ ސަބްސިޑީއަށް ކުރި ހޭދަވެސް ވަނީ އިތުރުވެފައެވެ. ނަމަވެސް މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ޚަރަދު ވަނީ މިދިޔަ އަހަރަށްވުރެ ދަށްވެފައެވެ. ސަރުކާރުން މި ސަބްސިޑީތައް ދެނީ އަސާސީ ޚިދުމަތްތަކުގެ އަގު ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ހިފެހެއްޓުމަށްޓަކައި، ޚިދުމަތް ދިނުމަށް ހިނގާ އަސްލު ޚަރަދާއި ކޮންޓްރޯލް އަގުގެ ފަރަގު ފޫބެއްދުމަށެވެ.
About Post Author
މާދަމާ ނިއުސް
“ރައްޔިތުންގެ އަޑު” އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މާފަންނު ދެކުނު، އުނގޫފާރު،...
ބަރުދަން ލުއިކުރަން ސައްޙަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް...
“ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް...
ސަރަޙައްދީ އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަށް ގިނަ މަސައްކަތްތަކެއް
ރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ހެދުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިގުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ޖަޕާނު...
“އަމާޒަކީ ރާއްޖެއާއި ޖަޕާނުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުން”
ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކޮށް، ދެޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ޖަޕާނު އެމްބަސީން ބޭއްވި...
މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން) ގައުމީ އެއާލައިން މޯލްޑިވިއަންގެ ފެންވަރު ރަނގަޅުކޮށް، ދުނިޔޭގެ ބޮޑެތި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް...
