Read Time:2 Minute, 18 Second

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)

 

 

ފާއިތުވި ހަފުތާގެ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރާ އަޅާބަލާއިރު %7.7 އިތުރު އަދަދެކެވެ. މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ %9 އިތުރުވެ 9.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 23 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ވަކިން ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ %130.3 އަށް އިތުރުވެފައިވީ ނަމަވެސް، ޓެކްސް ނޫން އާމްދަނީ ވަނީ ކުޑަކޮށް ދަށްވެފައެވެ.

 

 

ޚަރަދުތަކަށް ބަލާއިރު، ސަބްސިޑީއަށާއި ކައުންސިލްތަކުގެ ގްރާންޓަށް ކުރި ހޭދަ ބޮޑުތަނުން އިތުރުވެ، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 24.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު %21 އިތުރުވުމެކެވެ. ޚާއްޞަކޮށް ސަބްސިޑީއަށް ކުރި ހޭދަ %86.3 އިތުރުވެފައިވާއިރު، މުސާރައާއި ކެޕިޓަލް ޚަރަދުތައްވެސް ވަނީ މަތިވެފައެވެ. މީގެ ސަބަބުން ބަޖެޓް ޑެފިސިޓް 1.5 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓް ނުހިމަނައި ބަލާއިރު ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ ސަރޕްލަސްއެއްގައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %