
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެނީ ޢުމްރާނީ ތަރައްޤީއާއި އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަމް ވިދާޅުވެއްޖެއެވެ. ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރޭއިރު، އިންޑިއާގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށަށް ކުޅިވަރު ސާމާނު ހަދިޔާކުރުމާއި، އައިޓެކް ޕްރޮގްރާމްގެ ދަށުން އަހަރަކު 1600 އަށްވުރެ ގިނަ ދިވެހިން ތަމްރީނުކުރުން ފަދަ މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ތިލަމާލެ ބްރިޖް، ހަނިމާދޫ އަދި ގަން އެއަރޕޯޓް ތަރައްޤީކުރުން ފަދަ ބޮޑެތި މަޝްރޫޢުތައް ސަފީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރަށްރަށުގެ އިޖްތިމާޢީ ކުރިއެރުވުމަށް ހިންގާ “ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް” ގެ 56 މަޝްރޫޢެއްގެ މަސައްކަތް ފެށިފައިވާއިރު، މީގެ ތެރެއިން 24 މަޝްރޫޢެއް ވަނީ ނިންމާފައެވެ. މި ހުރިހާ މަޝްރޫޢުތަކަކީ ދެ ޤައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ތަރައްޤީއަށް އަމާޒުކޮށްގެން ހިންގޭ މުހިންމު މަސައްކަތްތަކެކެވެ.
About Post Author
މާދަމާ ނިއުސް
“ރައްޔިތުންގެ އަޑު” އިތުރު 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް މާފަންނު ދެކުނު، އުނގޫފާރު،...
ބަރުދަން ލުއިކުރަން ސައްޙަނޫން ތަކެތި ބޭނުންނުކުރަން އިލްތިމާސްކޮށްފި
ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭނެކަމަށް ބުނެ ސައްޙަނޫން މަޢުލޫމާތު ހިމަނައިގެން ކާބޯތަކެތި އިޝްތިހާރުކޮށް ވިއްކުމާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް...
“ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް...
ސަރަޙައްދީ އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަށް ގިނަ މަސައްކަތްތަކެއް
ރާއްޖެއަކީ ސަރަޙައްދީ ފެންވަރުގައި ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ހެދުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިގުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ޖަޕާނު...
“އަމާޒަކީ ރާއްޖެއާއި ޖަޕާނުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުން”
ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކޮށް، ދެޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ޖަޕާނު އެމްބަސީން ބޭއްވި...
މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން) ގައުމީ އެއާލައިން މޯލްޑިވިއަންގެ ފެންވަރު ރަނގަޅުކޮށް، ދުނިޔޭގެ ބޮޑެތި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް...
