
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ދައުލަތުގެ އާމްދަނީއަށް 22.4 ބިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް، ޚަރަދުތައް 23.3 ބިލިއަން ރުފިޔާއަށް އެރުމުގެ ސަބަބުން ބަޖެޓު ވަނީ 975.9 މިލިއަން ރުފިޔާއިން ދަރަނިވެފައެވެ. ޚަރަދުތައް އިތުރުވާން ދިމާވި މައިގަނޑު ސަބަބުތަކަކީ ތެލާއި މުދަލުގެ އަގު ހިފެހެއްޓުމަށް ދޭ ސަބްސިޑީއަށް ކުރި ހޭދަ 92 އިންސައްތަ އިތުރުވުމާއި، މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މުވައްޒަފުންގެ މުސާރައަށް ކުރި ޚަރަދު އިތުރުވުމެވެ.
މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ވަނީ މިދިޔަ އަހަރަށްވުރެ 2 ބިލިއަން ރުފިޔާ އިތުރުވެ، 17.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ވިޔަފާރި އަދި ކޯޕަރޭޓް އިންކަމް ޓެކްސްއިން ލިބުނު ކުރިއެރުން ފާހަގަކޮށްލެވެއެވެ. އަދި ބަޖެޓުގައި އަންދާޒާކުރި ވަރަށްވުރެ އިތުރަށް ހިލޭ އެހީވެސް ވަނީ ލިބިފައެވެ. ބަޖެޓު ދަރަނިވި ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓް ނުހިމަނައި ދައުލަތުގެ ޚަރަދުތައް އާމްދަނީން ހަމަޖެއްސޭނެކަން އަންގައިދޭ “ޕްރައިމަރީ ސާޕްލަސް” ގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.
About Post Author
މާދަމާ ނިއުސް
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
