
(ފޮޓޯ ކްރެޑިޓްސް: ރަޢީސް އޮފީސް)
ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް “ސްވައިޕް” ބޭނުންކުރާ ދިވެހިންގެ އަދަދު 20،000 އަށްވުރެ އިތުރުވެފައިވާކަން އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ހާމަކުރައްވައިފިއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގެ ދަށުން، ދިވެހިން އުފައްދާފައިވާ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ %100 ދިވެހި އުފެއްދުމެކެވެ.
ސްވައިޕް މެދުވެރިކޮށް އިތުރު ފީއަކާ ނުލައި ރާއްޖެއާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި ބަލައިގަތުމުގެ ފުރުސަތު މިހާރު ވަނީ ފަހިކޮށްދީފައެވެ. އަދި ރާއްޖޭގެ 3300 އަށްވުރެ ގިނަ ވިޔަފާރިތަކަށް މި ވޮލެޓުން ފައިސާ ދެއްކޭއިރު، ބޭރު ގައުމުތަކުގައި ތިބެގެންވެސް އީ-ކޭވައިސީ ފުރިހަމަކޮށްގެން މި ޚިދުމަތުގައި ރަޖިސްޓްރީވެވޭނެއެވެ. މީގެ އިތުރުން، އަލިޕޭ، ވީޗެޓް ޕޭ، މާސްޓަރކާޑު އަދި ވީސާ ފަދަ ބައިނަލްއަޤުވާމީ ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ކާޑަކާ ނުލައި ފައިސާ ދެއްކޭނެ އިންތިޒާމު މިއަހަރުގެ ފަހުކޮޅު ތަޢާރަފުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ވޮލެޓުގެ އެންމެ ބޮޑު އެއް ފަސޭހައަކީ ޑޮލަރު، ޕައުންޑް އަދި ޔޫރޯ އިން ބައިނަލްއަޤުވާމީ އެކައުންޓް ހުޅުވައި، އަމިއްލަ އައިބީއޭއެން ނަންބަރެއް ލިބުމެވެ. މީގެ ސަބަބުން ކޮންޓެންޓް ކްރިއޭޓަރުންނާއި ފްރީލާންސަރުންނަށް ރާއްޖޭން ބޭރުން ފޮނުވާ ފައިސާ ވަގުތުން ލިބި، އެ ފައިސާ ބޭންކުގެ ޑޮލަރު އެކައުންޓަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ބައިނަލްއަޤުވާމީ ކްލައިންޓުންނާއެކު މަސައްކަތްކުރާ ދިވެހި ޒުވާނުންނަށް ލިބިގެންދިޔަ އިންގިލާބީ ކުރިއެރުމެކެވެ.
About Post Author
މާދަމާ ނިއުސް
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
