
ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، 124 ބިލިއަން ރުފިޔާގެ ދަރަނި އޮތް އިރު، މިދިޔަ އެއް އަހަރު ތެެރޭގައި ސަރުކާރުން ކުރި މަސައްކަތުން ރާއްޖެ ބަނގުރޫޓުވުމާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދެއްކި ވާހަކަތައް ހުއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ 124 ބިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަސް އަހަރުތެރޭގައި ނެގި ދަރަނި ކަމަށެވެ. އަދި ދަރަނި އަދާކުރުމަށް ދައުލަތަށް ލިބޭ އާމްދަނީގެ 24 އިންސައްތައާ ގާތްކުރާ މިންވަރެއް ހަރަދުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ހާލަތު ބަދަލުކޮށް، ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ބަޖެޓް ފޯމިއުލޭޓްކޮށްފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދެމުން ދައުލަތުގެ ދަރަނި ދައްކާ ނަމަ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ރިޕޯޓުތަކުގައި އޮތް ހެން ރާއްޖެ ބަނގުރޫޓުވީހެވެ. ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކޮށް ބޭރުގެ ދަރަނިތައް ދެއްކުން ފަސްކޮށްގެން ރާއްޖެ ބަނގުރޫޓުވުމުގެ ސިނާރިއޯއިން ނެރެ އާމްދަނީ އިތުރު ކުރެވޭނެ އިތުރު ގޮތްތަކެއް ހޯދާފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން ދައްކަން ޖެހޭ ބައެއް ދަރަނިތަކުގެ މުއްދަތު އިތުރުކޮށް ބައިލެޓްރަލީ މަސައްކަތްކޮށްގެން، ރަހްމަތްތެރި ގައުމުތަކާ އެކީގައި މަސައްކަތް ކުރައްވައިގެން އެ ހުރިހާ ކަމެއް މިހާރު ހުރީ ހަމަޖެހިފައި.” ރާއްޖޭގެ ދަރަނިތަކާ ބެހޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ޒަމީރު ވިދާޅުވިއެވެ. ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން އެއް އަހަރުގެ ތެރޭގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެ ބަނގުރޫޓްވިޔަ ނުދީ ސަލާމަތް ކުރުމަށް ކުރި މަސައްކަތް ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެ ބަނގުރޫޓު ވެދާނެ ކަމުގެ ރަނގަބީލު އަޅަންފެށީ މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިންނެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ހަ ދުވަސް ކުރިން އައިއެމްއެފްއިން ނެރުނު ރިޕޯޓްގައި ގައުމުގެ ހާލަތުގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އޭރުގައި މާލީ އިދާރާތަކުން އަންދާޒާ ކުރަމުން އައީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް ރާއްޖެ ބަނގުރޫޓު ވާނެ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ އެފަދަ ނާޒުކު ހާލަތެއްގައި އޮތް ގައުމަކާ ކަމަށް ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖެ ބަނގުރޫޓު ނުވެ ސަލާމަތްވީ ރައީސް ޑރ. މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ދަށުންނެވެ. “މިސާލަކަށް އިއްޔެވެސް އައިއެމްއެފް އަދި ރޭޓިން އެޖެންސީތަކުން ވާހަކަދެއްކިއިރުވެސް ބުނެފައި އޮންނާނީ ހަރަދު ކުޑަކުރާށޭ، ހަރަދު ކުޑަކުރާށޭ. އެކަމަކު ރާއްޖޭގެ ބަނގުރޫޓުވުމުގެ ނުވަތަ އިންސޮލްވެންސީއަށް ދިއުމުގެ ވާހަކަ ދެއްކުން މިހާރު ހުއްޓިއްޖެ. އެއީ ރައީސްގެ ހަރުދަނާ ސިޔާސަތުގެ ދަށުންނޭ އަޅުގަނޑު ދަންނަވާނީ،” ޒަމީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
