
ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރިސޯޓުތަކާއި ގެސްޓްހައުސްތައް ހަދަން އުޅުނީމަ އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޒަމީރު ވިދާޅުވީ ސަރުކާރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކަށް ފަންޑެއް ލިބުނީމަ، އެ ކުންފުނިތަކާ ހަވާލުވަނީ ފަންޑު މެނޭޖް ކުރަން ކަމަށެވެ. އެ ފަންޑުން ކުރާ ކަމަކީ ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށް ޒަމީރު ވިދާޅުވިއެވެ. ޒަމީރު މިސާލެއްގެ ގޮތުގައި ނެންގެވީ ހައްޖު ކޯޕަރޭޝަނުންނެވެ. ހައްޖު ކޯޕަރޭޝަނަށް ފަންޑެއް ލިބުނީމަ، އެ ކޯޕަރޭޝަނުން ކުރާ ކަމަކީ އެ ފަންޑުން މީހުން ހައްޖަށް ފޮނުވުން ކަމަށް ވިދާޅުވިއެވެ.
އެހެންވެ، ހައްޖު ކޯޕަރޭޝަން ފަދަ ކުންފުނިތަކުން ގެސްޓްހައުސް ހިންގުން ފަދަ ކަންކަން ކުރުމަކީ އޭގެ ޒާތުގައި ފައިދާ ހުރި ގޮތެއްތޯ ކުންފުނީގެ ބޯޑުންނާއި ކުންފުނީގެ ހިއްސާދާރުން ވިސްނާލަން ޖެހޭ ކަމަށް ޒަމީރު ވިދާޅުވިއެވެ. ” އާންމު ގޮތެއްގައި އެކްސެސް ފަންޑު ހުރެއްޖެ ނަމަ، އެކަމުގެ ސްޕެޝަލިސްޓުންނާ ހަވާލުކޮށްގެން ފަންޑު މެނޭޖުކޮށްގެން އޭގެ ފައިދާ ކުންފުންޏަށް ހޯދައިފި ކަމަށްވެއްޖެއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ ކަމަށް މި ފެންނަނީ،. މިސާލަކަށް ޓޫރިޒަމްއަށް އިންވެސްޓުކުރާ ކަމަށްވާ ނަމަ، ކުރެވޭނެ ކުންފުނި އެބަހުރި ސަރުކާރުގައި. އެހެންވީމަ ހުރިހާ ކުންފުނިތަކުން، އެޗްޑީސީ، ހައްޖު ކޯޕަރޭޝަންއާ ނޫނީ ފެނަކަ އެންމެން ގެސްޓުހައުސް އާއި ރިސޯޓު ހެދީމަ އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން،” ޒަމީރު ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، އެކްސެސް ފަންޑު ހުރެއްޖެއްޔާ އެކަމުގެ ސްޕްޝަލިސްޓުންނާ ހަވާލުކޮށްގެން ފަންޑު މެނޭޖުކޮށްގެން އޭގެ ފައިދާ ކުންފުންޏަށް ހޯދައިފި ކަމަށްވެއްޖެއްޔާ އޭގެ ނަތީޖާ ރަނގަޅު ކަމަށް ފެންނާނެ ކަމަށެވެ. ޒަމީރު އެގޮތަށް ވިދާޅުވި އިރު، ރާއްޖޭގައި ފަތުރުވެރިކަން އެންމެ ބޮޑަށް ހިންގަމުން އަންނަ ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައި ހަލާލު ޓޫރިޒަމް ފަށަން ހައްޖު ކޯޕަރޭޝަނުން ވަނީ ނިންމައިފައެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނާާއި، މާފުށީ ކައުންސިލާއި ގުޅިގެން ސަބްސިޑަރީ ކުންފުންޏެއް ހަދައި، އެމަސައްކަތް ކުރާނެ ބިން ވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.
“މިކަމަށްޓަކައި އިންވެސްޓްކުރާނެ ފަރާތްތަކެއް ވެސް އަޅުގަނޑުމެންނަށް އޯލްރެޑީ އެޕްރޯޗްކޮށްފައިވަނީ. މާފުއްޓަކީ އޯލްރެޑީ ޓޫރިޒަމަށް އެސްޓާބްލިޝްޑް ތަނެއް ވީމާ މިއީ ވަރަށް ރިސްކު ކުޑަ، އެހެންނަމަވެސް ރަނގަޅު އާމްދަނީއެއް ބޭރު ފައިސާއެއް ލިބޭނެ މަގެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ މި ދާއިރާއަށް އިންވެސްޓްކުރަނީ،” އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
