
ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތައްޔާރުވެފައިވާއިރު، މި އިންތިޚާބަށްފަހު އެކި މަޤާމުތަކުގައި 2500އަށްވުރެ ގިނަ މެންބަރުން ހަރަކާތްތެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. މި އިންތިޚާބުގައި ދާއިރާ ރައީސުންނާއި، ނައިބު ރައީސުންނާއި، އަންހެނުންގެ އަދި ޒުވާނުންގެ ގޮފިތަކުގެ ރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީގެ ރައީސް ހޮވާނެއެވެ.
ޕާޓީގެ ތަރުޖަމާނު ފިރުޒުލް ވިދާޅުވީ، ވޯޓުލުން ކުރިއަށްދާނީ ވާދަވެރިކަން އޮތް 131 ރަށެއްގައެވެ. ވޯޓުލުމުގެ ހައްގު ލިބެނީ މިދިޔަ ޖޫން މަހުގެ 15އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޕީއެންސީގެ މެންބަރުންގެ ގޮތުގައި ތިބި މީހުންނަށެވެ. އަދި ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެންބަރުން ކަމަށްވާތީ، އެ ދާއިރާތަކުގައި ރައީސުން ހޮވުމުގެ އިންތިޚާބެއް ނޯންނާނެއެވެ. މި އިންތިޚާބު ނިންމުމަށް އަމާޒު ހިފާފައިވަނީ ސެޕްޓެމްބަރު މަހު ބާއްވާ ޕާޓީގެ މަތީ މަޖިލީހުގެ ކުރިންނެވެ.
About Post Author
މާދަމާ ނިއުސް
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
