
ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ ކައުނސިލްތަކުން ހަރަދުތައް ކުރަން ވާނީ މާލިއްޔަތު ގާނޫނުގައި އޮންނަ ގޮތަށް ކަމަށާއި ކައުންސިލްތަކުން ހަރަދު ކުރުމުގައި ސަރުކާރުގެ މާ ބޮޑު ރޯލެއް ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލެއްގައި ވަނީ ގާނޫނުން ލާޒިމްކޮށްގެން ކައުންސިލްތަކަށް އާބާދީ ނިސްބަތުން ދެމުންގެންދާ ބްލޮކްގްރާންޓް ދިނުމުގައި ކިހާވަރަކަށް އާބާދީއަށް ބަލާތޯ އައްސަވައިފައެވެ. އަދި ކައުންސިލްތަކުންވެސް ވަރަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި އެބަހުރި ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ދޫކުރާ ބްލޮކްގްރާންޓު ދޫކުރަނީ ގާނޫނުގައި އޮންނަ ފޯމިއުލާއަކާ އެއްގޮތަށް ކަމަށާއި، އާބާދީ އާއި ބައެއް ކަހަލަ އެލަވެންސްތަކަށްވެސް ބަލާ ކަމަށެވެ. ” އެ ފޯމިއުލާގައި އޮންނަ ގޮތަށް އަޅުގަނޑުމެން މިދޫކުރަނީ، އޭގެ ތެރެއިން ކައުންސިލްތަކުން ކުރާ ހަރަދުތަކަކީ އަޅުގަނޑުމެން އޭގައި މާލިއްޔަތު ގާނޫނާއި އެއްގޮތަށް ކުރަންޖެހޭނެ، ނަމަވެސް ހަރަދުކުރުމުގައި ސަރުކާރުގެ މާބޮޑު ރޯލެއް ނޯންނާނެ. އެކަމަކު އެ ރިކޯޑުކުރުމާއި، ބައެއް ހަރަދުކުރުމުގައި އަޅުގަނޑުމެންނާއެކު މަޝްވަރާކުރެވިގެން ކުރާ ހަރަދުތަކެއް ހުރޭ.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި އެ ފައިސާ ހަރަދުކުރުމުގައި ފާހަގަކުރެވޭ ކަންތައްތައް ގާނޫނުގެ ތެރެއިން ރޭވިފައި އޮންނަ ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއްގައި ފައިސާ ގަރަދުކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
