Read Time:1 Minute, 59 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތަޢާރަފްކުރި ޑޮލަރު އިންވެސްޓްމެންޓް ޕޫލަކީ ކަޅު ބާޒާރަށް ބާރުދޭ ކަމެއް ނޫން ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ. މި އިންވެސްޓްމެންޓަކީ އަމިއްލަ އެކައުންޓުގައި ހުންނަ ޑޮލަރު އިންވެސްޓްކުރުމުން އެއަށްވާ ދިވެހި ފައިސާ ވަގުތުން ލިބޭ އަދި ޖެހިގެން އަންނަ ދުވަހު %25 އާ ހަމައަށް ނަފާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މިގޮތަށް ނަފާ ދެވެނީ އީކޮމާސް ޕްލެޓްފޯމްތަކުން ކުރާ މުޢާމަލާތްތަކުން ނަގާ %30 ފީގެ ތެރެއިން ބޭންކުގެ ޚަރަދު ކެނޑުމަށްފަހު ބާކީވާ ބައިން ކަމަށް ބޭންކުން ބުނެއެވެ. ބީއެމްއެލްއިން ފާހަގަކުރާ ގޮތުގައި މި މުޢާމަލާތުގެ ސަބަބުން ޑޮލަރުގެ ސަޕްލައިއަށާއި ޑިމާންޑަށް ބޮޑު ބަދަލެއް ނާންނާނެތީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގަށް ނޭދެވޭ އަސަރެއް ނުކުރާނެއެވެ. އަދި މި ހުރިހާ މުޢާމަލާތްތަކެއްވެސް ކުރިއަށްދަނީ ބޭންކިންގ ޤާނޫނުތަކާއި އެމްއެމްއޭގެ ގަވާއިދުތަކާ އެއްގޮތަށް ކަމުގެ ޔަޤީންކަން ބޭންކުން އަރުވައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %