
އެއްވެސް އިރެއްގައި އެހީގެ ގޮތުގައި 1،000 ޑޮލަރު ނުދޭ ކަމަށާއި މިދިޔަ ސަރުކާރުން އެފަދަ ގޮތަކަށް ފައިސާ ދިން ނަމަވެސް އެކަން އެއްވެސް ލިޔެކިޔުމަކުންނާއި ސިސްޓަމުން ފެންނަ ނެތް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ. އެންސްޕާއިން އެކަން ހާމަކޮށްފައިވަނީ އެހީގެ ގޮތުގައި މިދިޔަ ސަރުކާރުން 1000 ޑޮލަރު ދިން ނަމަވެސް މި ސަރުކާރުން އެވަރު ނުދީ، މަދު ފައިސާކޮޅެއްދޭ ކަމަށް ބުނެ ދައުރުކުރަމުން އަންނަ ވާހަކަތަކާއި ގުޅިގެން ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމުގެ ގޮތުންނެވެ.
އެގޮތުން އެންސްޕާއިން ބުނީ، ކެންސަރު ފަރުވާ ހޯދަމުންދާ ފަރާތަކަށް އެއޭޖެންސީން އެހީ ހަމަޖައްސައި ނުދިން ކަމަށް ލިޔެ ކޮށްފައިވާ ޓުވިޓަކީ މުވައްޒަފުން ބަދުނާމުވާގޮތަށް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ދެންނެވުނު ފަރާތުން އާސަންދަ އަދި ވެލްފެއާގެ އެހީއަށް އެދި ހުށަހެޅި ކަމަށް ސިސްޓަމުން ފެންނަ އޮތީ ޖުމްލަ 9 ފަހަރު ކަމަށާއި އެހުރިހާ ފަހަރަކު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެފަރާތުން އެންމެ ފުރަތަމަ އެހީއަށް އެދި ހުށަހަޅާފައިވަނީ 2023 ވަނަ އަހަރުގެ މޭއި މަހުގައި ކަމަށާއި އެފަހަރު ވެލްފެއާ ކޭސްގެ ދަށުން ފައިސާގެ އެހީގެ ގޮތުގައި 3،855 ރުފިޔާ ހަމަޖައްސަދީފައިވާނެ ކަމަށެވެ.
އެއަށްފަހު:
- 11-05-2023: އާސަންދަ ކޭސްގެ ދަށުން ބަލިމީހާއާއި އެހީތެރިޔާގެ ޓިކެޓާއި ބޭސްފަރުވާގެ ފުލް ކަވާރޭޖް ހަމަޖެއްސި
- 10-07-2023: ވެލްފެއާ ކޭސްގެ ދަށުން އަމިއްލައަށް ނަގާފައިވާ 1 ޓިކެޓުގެ ރިއިމްބާސްމަންޓާއި ފައިސާގެ އެހީގެ ގޮތުގައި ޖުމްލަ 900 ޑޮލަރަށްވާ ފައިސާ ދިން
- 06-11-2023: އާސަންދަ ކޭސްގެ ދަށުން ބަލިމީހާއާއި އެހީތެރިޔާގެ ޓިކެޓާއި ބޭސްފަރުވާގެ ފުލް ކަވަރޭޖް ހަމަޖެއްސި
- 13-11-2023: ވެލްފެއާގެ ކޭސްގެ ދަށުން އާސަންދަ މެދުވެރިކޮށް އިތުރު އެހީތެރިއެއްގެ ޓިކެޓު އަދި 3،084 ރުފިޔާ ހަމަޖެއްސި
- 09-05-2024: އާސަންދަ ކޭސްގެ ދަށުން ބަލިމީހާއާއި އެހީތެރިޔާގެ ޓިކެޓާއި ބަލިމީހާގެ ބޭސްފަރުވާގެ ފުލް ކަވަރޭޖް ހަމަޖައްސައިދިން
- 24-0502024: ވެލްފެއާ ކޭސްގެ ދަަށުން ފައިސާގެ އެހީގެ ގޮތުގައި 3،855 ރުފިޔާ ހަމަޖައްސައިދިން
- 27-11-2024: އާސަންދަ ކޭސްގެ ދަށުން ބަލި މީހާގެ ޓިކެޓާއި ބޭސްފަރުވާގެ ފުލް ކަވަރޭޖް ހަމަޖެއްސި
- 28-11-2024: ވެލްފެއާގެ ކޭސްގެދަށުން އާސަންދަ މެދުވެރިކޮށް ބަލިމީހާގެ އެހީތެރިޔާގެ ޓިކެޓް އަދި 3،084 ރުފިޔާ ހަމަޖެއްސި
މިކަންކަމަށް ބަލާއިރު، އެފަރާތުން ހުށަހެޅި ކޮންމެ ފަހަރަކު އޮންނަ އުސޫލުގެ ތެރެއިން އެހީދީފައިވާނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. އަދި ހަމަ އެހެންމެ، އަމިއްލައަށް ނެގި ޓިކެޓުގެ ރިއިމްބާސްމަންޓުގެ ގޮތުގައި ދެވުނު ފައިސާ ފިޔަވައި ކޮންމެ ފަހަރަކު ވެސް ފައިސާގެ އެހީގެ ގޮތުގައި ދީފައިވަނީ 200-250 ޑޮލަރަށްވާ ދިވެހި ރުފިޔާކަން އެނގޭ ކަމަށެވެ. އަދި އެއްވެސް ފަހަރަކު 1000 ޑޮލަރު ދީފައިވާކަން ލިޔުމަކުން އަދި ސިސްޓަމުން ނުދައްކާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެންސްޕާއިން ޓުވިޓް ކުރި ފަރާތާ ބައްދަލު ކުރުން
އެންސްޕާއިން ބުނީ، އެކަމާއި ގުޅިގެން މިއަދު އެއޭޖެންސީގެ އިސްވެރިންނާއި ކަމާބެހޭ ކޮމިޓީއާއެކު ޓުވިޓް ކުރި ފަރާތާ ބައްދަލުކޮށްފައިވާނެ ކަމަށެވެ. އަދި އިސްވެ ދެންނެވުނު އެހީތައް އެފަރާތުގެ ހާޒިރުގައި އެންސްޕާގެ ސިސްޓަމްތަކުން ބަލައި، އެ އެހީތަކަކީ އެކައުންޓަށް ޖަމާވެފައިވާ އެހީތައްކަން އެފަރާތުން އެއްބަސްވެ، މައުލޫމާތުގެ ސައްހަކަމަށް “އިއުތިރާފު”ވެފައިވާ ކަމަށެވެ.
ނަމަވެސް ކުރީ ސަރުކާރުގައި 1000 ޑޮލަރު ލިބެމުންދިޔަ ކަމަށް ޓުވިޓުގައި ބުނެފައިވާތީއާއި ބައްދަލުވުމުގައި ވެސް ތަކުރާރުކޮށް އޭރު ލިބުނު ކަމަށް ބުނެފައިވާތީ، އެކަމާިއ ބެހޭ ގޮތުން އޮޅުން ފިލުވުމުން އެފަރާތުން ބުނެފައިވަނީ “ކޭސް އަވަސް ކުރުމުގެ ގޮތުން އޭރު އާސަންދަ ހިންގެވުމަށް ހުންނެވި އިސްބޭފުޅާއަށް ގުޅާފައި ދެންނެވި ކަމަށާއި، އެއަށްފަހު ކުއްޖަކު ގުޅާފައި އަންނަނ ބުނި ކަމަށާއި، ދިއުމުން އޭ4 ސައިޒް ގަނޑެއްގައި ސޮއިކުރުވާފައި އެއަދަދަށް ފައިސާ ހަވާލުކުރި” ކަމަށެވެ.
އެންސްޕާއިން ބުނީ، އޭރު ދިން ކަމަށް އެފަރާތުން ބަޔާން ކުރާ 1000 އަށްވާ ފައިސާ ހަމަޖައްސައިދީފައިވާ ކަމަށް އެއްވެސް ލިޔެކިޔުމަކުން އަދި އޭޖެންސީގެ އެއްވެސް ސިސްޓަމެއްގައި ފެންނަން ނެތް ކަމަށެވެ. އަދި އެކަމާއި ގުޅުން ހުރި ލިޔެކިޔުމެއް އެފަރާތުގައި ވެސް ނެތް ކަމަށް އެފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.
އެހެން ކަމުން އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ފައިސާއެއް ދޫކޮށްފައިވާ ކަމަށްވާނަމަ، އެއީ އެހީ ހަމަޖައްސައިދެވޭ އުސޫލާއި މިންގަނޑުތަކާއި ހިލާފަށް އަދި އެހީދޭ ނިޒާމުން ބޭރުން ހިންގާފައިވާ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި، ރައީސްގެ އެންގެވުމަކަށް ނޫން: ތަރުޖަމާނު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި އެއީ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުން...
މަޢުލޫމާތު ހާމަކުރުމަކީ އިތުބާރު ދަމަހައްޓައި ހިންގުން ހަރުދަނާކުރުމަށް ލާޒިމު ކަމެއް: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށް މަޢުލޫމާތު ހާމަކުރުމަކީ އަސާސީ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު...
ފިނޭންސް މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވަޒީރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ...
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
