
ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް
މޯލްޑިވްސް މީޑިއާ ހައުސް އާއި ނޭޝަނަލް ސޯޝާލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ. އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއޭޖެންސީ ހިންގަމުންދާ “މޫކައި ސުއިޓްސް” އިމާރާތް މަރާމާތު ކުރުމަށްޓަކައި ހުސްކުރުމަށް އަންގާފައިވާތީވެ، އެއޭޖެންސީ ހިންގާނެ ތަނެއް ހޯދުމަށް މާލީ ވުޒާރާގެ އޯޕަން ޓެންޑަރ އިން ހުޅުވާލައިގެން، ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ މަތިން އެވޯޑްކޮށް، ހިންގުމަށް ލިބިފައިވާ އިމާރާތުގެ ފަންގިފިލާތައް މޯލްޑިވްސް މީޑިއާ ހައުސްއިން ކުއްޔަށް ހިފުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.
މިމުއާމަލާތާއި ގުޅިގެން އެކުންފުނީގެ އަގު ވައްޓާލާ ބަދުނާމު ކުރުމަށް ހަގީގަތާއި ހިލާފް އެތައް ވާހަކަތަކެއް ދައްކާ، މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ދޮގު ވާހަކަތަކެއް ފަތުރަމުން ދިއުމުގެ ސަބަބުން އެކުންފުންޏަށް މާއްދީ ގޮތުންނާއި މައުނަވީ ގޮތުން ފޫނުބެދޭވަރުގެ ބޮޑު ގެއްލުމާއި ކުރިމަތިވެފައިވާތީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށެވެ. “އެހެން ކަމުން މިކަމާއި ގުޅޭގޮތުން މާލީ ވުޒާރާއާއި މަޝްވަރާކުރުމަށްފަހު، އެ އެއްބަސްވުން ނިމުމަކަށް ގަނައުމަށް މިއޭޖެންސީން ވަނީ ނިންމާފަ” އެންސްޕާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެންސްޕާގެ ބަޔާނުގައި ބުނީ، މިކަމާއި ގުޅިގެން އިތުރަށް ކުރަން ޖެހޭ މުއާމަލާތްތައް ކުރުމާއި، އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ކަމަށެވެ. އެންސްޕާއާއި މޯލްޑިވްސް މީޑިއާ ހައުސްއާއި ދެމެދު އެއްބަސްވުމެއް ހެދުމާއި ގުޅިގެން މީޑިއާތަކުން ވަނީ އެތަނަކީ އެއީ “އެމްއެމް ޓީވީ” ހިންގަން ކުއްޔަށް ދީފައިވާ ތަނެއް ކަމަށާއި އެތަނަށް ކުލި ދައްކަމުން އަންނަނީ އެންސްޕާއިން ކަމަށް ބުނެ ތުހުމަތުތައް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
