
އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ނަގަމުން އައި ޓެރިފް ކަނޑާލުމުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދިވެހިރާއްޖެއަށް ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުން މި ގެނައި ބަދަލާއެކު، ރާއްޖެއިން އެ ގައުމަށް މަސް އެކްސްޕޯޓް ކުރާއިރު ދައްކަންޖެހޭ 20 އިންސައްތަ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް ވަނީ ކަނޑާލާފައެވެ.
މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މުހިންމު މަޝްވަރާތަކުގެ ނަތީޖާއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އިނގިރޭސިވިލާތަކީ ރާއްޖެއިން ދެވަނައަށް އެންމެ ގިނައިން މަސް ބޭރުކުރާ ގައުމަށްވާއިރު، މީގެ ކުރިން ރާއްޖެއިން މަސް އެކްސްޕޯޓް ކުރަންޖެހުނީ ޓެރިފް ނުނަގާ ގައުމުތަކާ ވާދަކޮށްގެންނެވެ. ނަމަވެސް މި ބަދަލާއެކު ދިވެހި މަސްވެރިންނަށާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބި، ވާދަވެރި މާކެޓެއްގައި ކުރިއެރުން ލިބޭނެއެވެ. ސަރުކާރުގެ އަމާޒަކީ މި ލުއިތައް ދާއިމީ ކުރުމަށްޓަކައި އިނގިރޭސި ސަރުކާރާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
