Read Time:2 Minute, 3 Second

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)

 

 

ހދ. ހިރިމަރަދޫގެ އާބާދީ ކުޑަވުމުން އެ ރަށް ހަނިމާދުއަށް ބަދަލުކުރުމަށް ނިންމައި، ހިރިމަރަދޫގެ ހުރިހާ އިދާރީ ކަމެއް މިހާރު ވަނީ ހަނިމާދޫ ކައުންސިލާ ހަވާލުކޮށްފައެވެ. ނަމަވެސް، މި ބަދަލާއެކު ހިރިމަރަދޫގެ ބަޖެޓު ހަމަނުޖެހި ލަސްވުމުގެ ސަބަބުން، އެ ރަށުގެ މުވައްޒަފުންގެ މުސާރަ އާއި އަސާސީ ހިދުމަތްތަކަށް ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ވަނީ ބޮޑު ހޭދައެއް ކުރަންޖެހިފައެވެ. މިގޮތުން މިދިޔަ މޭ މަހު އެކަނިވެސް 2.6 ލައްކައަށްވުރެ ގިނަ ރުފިޔާ ހަނިމާދޫ ބަޖެޓުން ހަރަދުކޮށްފައިވެއެވެ.

 

 

ބަޖެޓު ދިނުން ލަސްވުމާ ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، އިދާރީ އޮނިގަނޑަށް އައި ބަދަލުތަކުގެ ސަބަބުން ލަސްތަކެއް ދިމާވި ނަމަވެސް، އަންނަ މަހު ދޫކުރާ ބަޖެޓުގައި ހިރިމަރަދުއަށް ކަނޑައެޅި ފައިސާ އާއި މިހާތަނަށް ނުލިބި ހުރި ފައިސާ ވެސް ހަނިމާދޫ ކައުންސިލަށް ލިބޭނެ ކަމަށެވެ. ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުވަންދެން އެ ރަށުގެ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %